ހުޅުމާލޭ މިސްކިތުގައި ހަމަނުޖެހުން ހިނގާ މީހަކަށް އަނިޔާކޮށްފީ
- Goal mv
- Jun 23, 2021
- 1 min read

ހުޅުމާލޭ މިސްކިތެއްގައި މިރޭ ހިނގި ހަމަނުޖެހުމެއް ގައި މީހަކަށް އަނިޔާ ވެފައި ވާކަމަށް ފުލުހުންގެ އިދާރާ އިން ބުނެފިއެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ އިދާރާ އިން ބުނެފައި ވަނީ، ހުޅުމާލެ 171 ނަމްބަރު ފުލެޓް ކައިރީ ހުންނަ ވަގުތީ މިސްކިތައް މީހަކު ވަދެ، ނަމާދު ކުރުމަށް ތިބި މީހުނަށް އުނދަގޫ ކުރަމުން ދިއުމުން އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރި މީހަކާއި މާރާމާރީ ހިންގާފައިވާ ކަމަށެވެ.
އެމައްސަލައިގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިރޭ 18:38 ހާއިރު ކަމަށާއި، ހިނގި ހަމަނުޖެހުމުގައި އެކަކަށް އަނިޔާ ވެފައި ވާކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލަ އާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މީސްމީޑިއާގައި އެ ހަމަނުޖެހުމުގެ ވީޑިއޯ އާއްމު ވެފައިވާއިރު، މިސްކިތް ތެރޭގައި ހުރެ ހުތުރުބަހުން މީހަކު ވާހަކަ ދައްކާ އެކި އިންޒާރުތައް ދެމުން ދިޔަ ތަން ވަނީ ފެނިގެން ގޮސްފައެވެ.
އަދި ދެ މީހަކު އެކަކު އަނެކަކު ގައިގައި ތަޅާ މާރާމާރީ ހިންގާފައިވާ މަންޒަރު ވެސް ފެނިގެން ދެއެވެ.








Comments