https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ހެރީގެ ދެމަފިރިންނަށް ޝާހީ އާއިލާ އިން މަރުހަބާ ކިޔައިފި

  • މާހިރު މުޙައްމަދު
  • Jun 7, 2021
  • 1 min read


ޕްރިންސް ހެރީ އާއި މޭގަން މާކެލް އަށް އަންހެން ދަރިކަނބަލަކު ލިބުމާއި ގުޅިގެން އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އިން މަރުހަބާ ކިޔައިފިއެވެ. މިއީ ހެރީ އާއި މޭގަން އަށް ލިބުނު ދެވަނަ ދަރިފުޅެވެ. މީގެ ކުރިން ލިބިފައި ވަނީ ފިރިހެން ކުއްޖެކެވެ. އެދަރިފުޅަށް ކިޔަނީ އާޗީ އެވެ.

ރާނީ އެލިޒަބަތު އާއި ޕްރިންސް ޗާލްސް އަދި ޕްރިންސް ވިލިއަމް އާއި ކޭޓް ވަނީ ހެރީ އާއި މޭގަންއަށް މަރުހަބާ ކިޔައި ގުޅިފައިވާ ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ވަނީ ހެރީ އާއި މޭގަންއަށް ދަރިއަކު ލިބުމާއިއެކު ހާއްސަ އުފަލެއް ލިބިފައިވާ ކަމަށް ބުނެފައެވެ.

މޭގަން އާއި ހެރީގެ ދަރިކަނބަލުންނަށް ނަން ދީފައި ވަނީ ރީނީ އެލިޒަބަތު އާއި ހެރީގެ މަންމަ ޕްރިންސެސް ޑަޔާނާ އާއި ގުޅުވައިގެންނެވެ. ދަރިފުޅުގެ އާއްމު ނަމަކަށް ކިޔާފައި ވަނީ ލިލިބާޓް ނުވަތަ ލިލީއެވެ. ލިލިބާޓް އަކީ ރާނީ އެލިޒަބަތައް އާއިލާ މެންބަރުން މުހާތަބު ކުރާ ވަނަމެކެވެ.

ހެރީ އާއި މޭގަންގެ ދަރިކަނބަލުންގެ ނަމަކީ ލިލީބެޓް "ލިލީ" ޑަޔާނާ މައުންޓްބެޓެން ވިންޑްސާއެވެ. ހެރީގެ ދަރިކަނބަލުންގެ ނަން ރާނީ އެލިޒަބަތައް ހާއްސަ ކުރުމުން އެކަމުން ދޭގަވެގެން ދާނީ ދާދިފަހުން ޝާހީ އާއިލާ އާއިމެދު ހެރީ ހާމަކުރި ކަންކަމަށް ފަހު މަސްރަހު "ފިނިވެފައި" އޮތްކަން ކަމުގައި އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ކަންކަން ދިރާސާކުރާ ނޫސްވެރިން ބުނެއެވެ.



ހެރީ އާއި މޭގަންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މޭގަން ވިހާފައި ވަނީ ހުކުރު ދުވަހު 11:40 ގައި ކަމަށެވެ. ލިލީ އުފަންވިއިރު ބަރުދަނުގައި 3.5 ކިލޯ ހުއްޓެވެ. މިހާރު ދެމައިން ވެސް ތިބީ ގޭގައި ކަމަށާއި ދެމައިންގެ ހާލު ވެސް ރަނގަޅު ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.


 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page