https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ޔޫއްޕެގެ "ހެހެސް" ފިލްމުގެ ޓްރެއިލާ ވަރަށް ތަފާތު

  • މާހިރު މުޙައްމަދު
  • Aug 20, 2021
  • 1 min read

ޔޫއްޕެ ޕްރޮޑަކްޝަން އާއި ޝައި ޕްރޮޑަކްޝަން އިން ގުޅިގެން އުފައްދާ ދިވެހި ފިލްމު "ހެހެސް" ގެ އޮފިޝަލް ޓްރައިލާ އާންމުކޮށްފި އެވެ.


ފިލްމު އިޝްތިހާރު ކުރަމުންދަނީ "އިން ފަހަނައެޅި އިޝްގް" މި ތީމުގެ ދަށުންނެވެ. މިއަދު އާންމުކުރި ޓްރެއިލާއިން އެކަން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ. ޓްރައިލާގައި ފެނިގެން ދަނީ ހަތަރު އަންހެނުން އެ މީހުން ލޯބި ސިފަ ކުރާ ގޮތެވެ.


އެކެއްގެ ނަޒަރުގައި "ލޯތްބަކީ 2 މީހުންގެ ދޭތެރޭގައި ހިނގާ ގުޅުންތަކެއް. ހިތްހަމަޖެހުމާއި އަޅާލުމާއި އޯގާތެރިކަމާއި ކުލުނު. އެކަކު އަނެކަކަށް ދަސްވާ ދަސްވުންތަކެއް،" އެވެ. ނަމަވެސް އަނެއް މީހާގެ ނަޒަރުގައި "ލޯތްބަކީ މުދަލާއި ފައިސާ. ތިމާ ބޭނުންވާ ކަމެއް ތިމާއަށް ކުރެވެން ޖެހޭނެ. ބޭނުން އެއްޗެއް ހޯދެން ޖެހޭނެ. ބޭނުންތާކަށް ދެވެން ޖެހޭނެ،" އެވެ.


3 ވަނަ މީހާ ދެކޭ ގޮތުގައި "ލޯތްބަކީ ތިމާ ބޭނުންވާ ގޮތަށް އަނެކާ ލެބިގެން ހުރުން. ބެލުމުގެ ކަޅިއެއް ވެސް، އެދުމުގެ ހަރަކާތެއް ވެސް އަހަރެން ބޭނުންނުވާ ގޮތަކަށް ކޮށްގެން ނުވާނެ،" އެވެ. އެހާވެސް އެ މީހުން ލޯބި މާނަކޮށް ސިފަކުރާ ގޮތް ތަފާތެވެ.


މީގެ އިތުުރުން ވެސް ފިލްމަށް ޝައުގުވެރި ކުރުވާ ވަަރަށް ގިނަ ކަންކަން ޓްރެއިލާއިން ފެނިގެން ދެއެވެ. ފިލްމުގައި އެންމެ މުހިންމު ރޯލުތަކުން ފެނިގެންދާނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އަލީ އާޒިމް (ދޮން އައްޔަ) އަދި އިބްރާހިމް ޖިހާދު (ޖިމީ) އާއި އިރުފާނާ އިބްރާހިމް (އިރޫ) އާއި ވާޝިޔާ މުހައްމަދު އަދި މަރިޔަމް ޝިފާ (ޝިފް) އެވެ. އަދި މުޅިން އަލަށް ތައާފަދްވާ ބައެއް ތަރިންނާއި ފިލްމުތަކުން ފެނިފައިވާ ބައެއް ތަރިންވެސް "ހެހެސް" ގެ އެކި ކެރެކްޓާތަކުން ފެނިގެން ދާނެ އެވެ.


ފިލްމަކީ ލޯބީގެ ތަފާތު ހާދިސާތަކެއް ދައްކުވައިދޭ ސަސްޕެންސް ތްރިލާއެކެވެ.


ފިލްމުގެ އެއް ޕްރޮޑިއުސަރު އިސްމާއީލް ޝަފީގު ބުނީ ފިލްމާ ދޭތެރޭ ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް ކަމަށެވެ. މިއީ ބެލުންތެރިންނަށް މި ކަހަލަ ވަގުތެއްގައި ދެވޭނެ ރަނގަޅު ހަދިޔާއަކަށް ވާނެ ކަމަށް ޝަފީގު އުންމީދު ކުރެއެވެ.


"މިއީ އެކްޓަރުންގެ ހުނަރުވެރިކަން ވަރަށް ބޮޑަށް ފެނިގެންދާ ތަފާތު މޮޅު ފިލްމަކަށްވާނެ ކަން ޔަގީން ކުރެވޭ،" މިހާތަނަށް ނިކުތް މޮޅެތި އެތައް ފިލްމެއްގެ ޕްރޮޑިއުސަރު ބުންޏެވެ.


"ހެހެސް" ގެނެސްދޭނީ މީޑިއާ ނެޓްގެ އެޕް މެދުވެރިކޮށެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page