https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ޔާޔާ ނަބީލްގެ "އަންހެން" ޓިކްޓޮކް އެކައުންޓް ޑިލީޓް، މާވަރުގަދަކޮށް އެނބުރި އަންނަނީ

  • މާހިރު މުޙައްމަދު
  • Jul 6, 2021
  • 1 min read


ޔާޔާނަބީލްގެ ނަމުގައި ޓިކްޓޮކްގައި އުޅުނު ދިވެއްސެއް ކަމަށްވާ މުހައްމަދު ނަބީލް، 36، ގެ ޓިކްޓޮކް އެކައުންޓް ޑިލީޓް ކޮށްލައިފިއެވެ.


ޓިކްޓޮކްއިން ނަބީލް ފެނިގެން ގޮސްފައިވަނީ އަންހެން ކެރެކްޓާއެއްގެ ގޮތުގައެވެ. މޭކްއަޕް ފިލްޓާތަކާއި އެކު 'އަންހެން' ވެގެން ނަބީލް ކުޅެފައިވާ ވީޑިއޯތަކަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.


ނަބީލް ބުނީ އޭނާގެ ޓިކްޓޮކް އެކައުންޓް ޑިލީޓް ކޮށްފައިވަނީ ބައްޕަގެ އެދުމުގެ މަތިން ކަމަށެވެ. ނަބީލް ބުނީ އަންހެން ހެދިގެން ފިލްޓާތައް ބޭނުން ކޮށްގެން ވީޑިއޯތައް ހަދައި ޓިކްޓޮކަށް ދޫކޮށްލަން ފެށުމުން އާންމުންގެ ފަރާތުން އާއިލާއަށް ކުރާ ޕްރެޝަރ ބޮޑުވެގެން ދިޔަ ކަމަށެވެ.


"ޓިކްޓޮކް އެކައުންޓް ހަމަ އަމިއްލަޔަށް ޑިލީޓް ކޮށްލީ. ބައްޕަ ބުނެގެން އަސްލު. ޔާޔާގެ މަންމަވީ ނިޔާވެފައި. ދެން ބައްޕަ ހުންނަނީ. އެހެންވެ ބައްޕަގެ އެދުމުގެ މަތިން ޑިލީޓް ކޮށްލީ. ޓިކްޓޮކްގައި އަންހެން ވެގެން ވީޑިއޯ ކުޅެފައި ހުއްޓަސް، ނަބީލް އަކީ އަސްލު އެހެން އުޅޭ މީހެއް ނޫން. އެކަމަކު އެހެން ޓިކްޓޮކް ކުޅޭތީ އެ ވީޑިއޯތައް ބަލައިގެން އިތުރު މީހުން ވެސް އަންހެން ވެގެން ޓިކްޓޮކް ކުޅޭ. ޓިކްޓޮކްއިން ފެނިގެންދާ އެ ކެރެކްޓާ ސޮސައިޓީއަށް ފިޓް ނުވާތީ ބޭނުންވީ ލޯ ޕްރޮފައިލް ވެލަން. ޓިކްޓޮކްއިން ނުފެނުނަސް އިންސްޓަގްރާމް އާއި ފޭސްބުކްއިން ފެނިގެންދާނެ" ނަބީލް ބުންޏެވެ.


ނަބީލް ބުނީ މިހާ ހިސާބުން އަންހެން ވެގެން ވީޑިއޯ ހެދުން ހުއްޓާލީ ކަމަށެވެ. އަހަރެއްހައި ދުވަސް ފަހުން އަނެއްކާ ވެސް ޓިކްޓޮކްއިން ފެނިދާނެ ކަމަށާއި، ދެން ޓިކްޓޮކްއިން ފެނުނަސް އަންހެން ފިލްޓާ ލައިގެން ޓިކްޓޮކް ކުޅޭ މީހެއްގެ ގޮތުގައި ނުފެންނާނެ ކަމަށް އޭނާ ބުންޏެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page