ވާދޫގެ މިސްކިތް 150 ދުވަހުގެތެރޭގައި ނުނިންމުމުން އިތުރު 180 ދުވަހަށް
- ޙުސައިން އަޙުމަދު

- Jul 6, 2021
- 1 min read

ރ.ވާދޫގައި އަލަށް ޢިމާރާތްކުރަމުންދާ މިސްކިތުގައި ނުނިމިހުރި މަސައްކަތްތައް ނިންމުމަށް، ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި މިއަދު ހަވާލުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ވާދޫގައި މިސްކިތެއް ޢިމާރަތްކުރަން ހަވާލުކުރީ 2019 ވަނަ އަހަރުގައެވެ. އޭރު އެ މަސައްކަތް ހަވާލުކުރީ އެސްކޮން ބިލްޑާސް ޕްރައިވެޓް ލިމިޓެޑާއެެވެ. ނަމަވެސް އެ ކުންފުންޏަށް ދިން 150 ދުވަހުގެތެރޭގައި މަސައްކަތްތައް ނިންމައެއް ނުލެވުނެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، ރ.ވާދޫގައި އަލަށް ޢިމާރާތްކުރަމުންދާ މިސްކިތުގައި ނުނިމިހުރި މަސައްކަތްތައް ނިންމުމަށް، ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ. 4.3 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 180 ދުވަހުގެ ތެރޭގައެވެ.








Comments