https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އުމުރު ދުވަހުގެ ޖަލު ހުކުމެއް އޮތް 3 ދައުވާއަށް ޕެސްޓް އިންކާރުކޮށްފި

  • މާހިރު މުޙައްމަދު
  • Aug 18, 2021
  • 2 min read

މަޝްހޫރު ރެޕް ލަވަ ކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް)ގެ މައްޗަށް އުފުލާފައިވާ އުމުރު ދުވަހުގެ (25 އަހަރު) ޖަލު އަދަބެއް އަންނަން އޮތް 3 ދައުވާއަށް އޭނާ މިއަދު އިންކާރުކޮށްފިއެވެ. ފެބުރުއަރީ 13 ވަނަ ދުވަހު މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށް، ޕެސްޓްގެ މައްޗަށް 5 ދައުވާއެއް ވނީ އުފުލާފައެވެ. އޭގެ ތެރެއިން 3 ދައުވާއަކީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަ މަސްތުވާތަކެތި ޓްރެފިކިންގެ ދައުވާތަކެވެ. އެ 3 ދައުވާއަކީ ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އަދި ޖަދުވަލް އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާއެވެ. 3 ދައުވާ ޕެސްޓްގެ އެކުވެރިއެއް ކަމަށްވާ މުހައްމަދު ސުއައިދުގެ މައްޗަށް ވެސް ވަނީ ކޮށްފައެވެ. ދެ މީހުންގެ މައްޗަށް 3 ދައުވާ އިއްވުމަށް މިއަދު ކުރިމިނަލް ކޯޓުގައި ވަނީ ޝަރީއަތުގެ އަޑުއެހުމެއް ވަނީ ބާއްވާފައެވެ. އަޑުއެހުމުގައި 3 ދައުވާ ވެސް ދައުލަތުން އިއްވުމުން ޕެސްޓް އާއި ސުއައިދު ވަނީ އިންކާރުކޮށްފައެވެ. ދައުލަތުން އިއްވި ދައުވާތަކުގައި ބުނާ ގޮތުގައި ޕެސްޓްއާ އިތުރު ބަޔަކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އޭގެއިން ވިޔަފާރި ކުރާ ކަމުގެ އިންޓެލިޖެންސް މައުލޫމާތެއް ލިބިގެން ފުލުހުން ވަނީ ވީވާގެ ބަލާފާސްކޮށްފަ އެވެ. އެ ގޭގެ ކޮޓަރިއެއްގެ ތެރެއިން މަސްތުވާތަކެއްޗާއި ޑިޖިޓަލް ކައްޓާ އާއި މަސްތުވާތެކެތި ރައްކާކުރަން ގެންގުޅޭ ފިލްމް ހުސްކުރި ދަޅާއި ކޮތަޅު ފެނިފައިވެ އެވެ. އަދި ޕެސްޓްގެ ޖީބުން ފެނުނު ސިގިރޭޓް ފޮއްޓެއްގެ ތެރެއިން ވެސް މަސްތުވާތަކެތި ހުރި ސެލޯފިން ކޮޅެއް ފެނިފައިވެއެވެ. އޭގެ އިތުރުން ދައުވާގައިވާ ގޮތުގައި އެ ގޭ ތެރެއިން 14،000 ރުފިޔާ އާއި ޕެސްޓުގެ ޖީބުން 24،000 ރުފިޔާ ފެނިފައިވެއެވެ. އެއީ ކިހިނެއް ހޯދި ފައިސާއެއް ކަމެއް އޭނާއަށް ބުނެދެވިފައިނުވާ ކަމަށް ދައުވާގައިވެއެވެ. އޭގެފަހުން ވަނީ ޕެސްޓްއާ ގުޅުން އޮންނަ ގެއެއް ކަމަށް ތުހުމަތުކޮށް ރިހިއަލި ބަލާފާސްކޮށްފައެވެ. އެ ގޭގެ ގްރައުންޑް ފްލޯގައި ހުރި ކޮޓަރިއަކުން މަސްތުވާތަކެތި ރައްކާކުރާ ފަދަ ކޮތަޅު ބަންދުކުރާ އެއްޗަކާއި ޑިޖިޓަލް ކައްޓާއަކާއި ހުސް ޖޫސްޕެޓީ ކޮތަޅާއި މާސްކިން ޓޭޕާއި ކަޓަރު ފަދަ ތަކެތި ފެނިފައިވެއެވެ. އަދި ކަބަޑެއްގެ ތެރެއިން ފެނުނު ފިލްމް ހުސްކުރި ދަޅަކުން މަސްތުވާތަކެތި ފެނުނު ކަމަށެވެ. އޭގެއިތުރުން ދައުވާގައި ބުނި ގޮތުގައި ޕެސްޓް އަދި ސުއައިދު ސައިމާ ނަމަކަށް ކިޔާ ބޯޓަކަށް އެރުވި ސްޓޭންޑް ފައްކާއެއްގެ ތެރެއިން ފެނުނު ކޮތަޅަކުން ވެސް މަސްތުވާތަކެތި ވަނީ ފެނިފައެވެ. ތަހުލީލުތަކުން ހާމަވި ގޮތުން ފެނިފައި ވަނީ ކެނެބިސް އާއި ޑައިމޯފިން އަދި ޖަދުވަލް އެކެއްގައި ބަޔާންކުރާ މަސްތުވާ އެއްޗެކެވެ. ޤާނޫނުގައި މި 3 ދައުވާއަށް ވެސް އުމުރު ދުވަހުގެ ޖަލު ހުކުމެއް ކަނޑައަޅާފައިވާ އިރު ޕެސްޓް އާއި ސުއައިދު އެ ދައުވާތަކަށް އިންކާރު ކުރުމުން ދައުލަތުން ވަނީ ހެކި ހުށަހަޅާފައެވެ. އެގޮތުން ތަހުގީގީ ގިނަ ރިޕޯޓްތަކާއި އެ ރިޕޯޓްތައް ތައްޔާރުކުރި ފުލުހުންގެ އޮފިސަރުން ހެކީގެ ގޮތުގައި ހުށަހެޅިއެވެ. ޕެސްޓް އާއި ސުއައިދު ވެސް ވަނީ ދިފާއުގައި ހެކި ހުށަހަޅަން ބޭނުންވާ ކަމަށް ބުނެފައެވެ. އެހެންވެ، ލިޔުމުން ހެކި ހުށަހަޅަން 3 ދުވަހުގެ މުއްދަތެއް ގާޒީ ދެއްވިއެވެ. އަދި، މައްސަލައަކީ މަދަނީ ގޮތުން ކުރިއަށް ގެންދެވޭނެ ދައުވާތަކެއް ކަމަށް ވެސް ކަނޑައެޅިއެވެ. އެއަށް ފަހު ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުމެއް އޮންނަ ނަމަ، އެ ހުށަހެޅުމެއް ހުށަހަޅަން ވެސް ފުރުސަތު ދިނެވެ. ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ އެ ހުށަހެޅުންތަކާ މެދު ވާހަކަ ދެއްކުމެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page