https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ޢުމްރާއަށް މީހުން ގެންދާ ކުންފުނިތަކުގެ ހުއްދައިގެ މުއްދަތު އިތުރުކޮށްފި

  • މާހިރު މުޙައްމަދު
  • Sep 1, 2021
  • 1 min read

ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތަކުގެ ހުއްދައިގެ މުއްދަތު އިތުރުކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.


އިސްލާމިކް މިނިސްޓްރީ ބުނީ، ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް މިހާރު ހުއްދަ ދީފައިވާ ކުންފުނިތަކަަކީ، ރާއްޖެއިން ޢުމްރާއަށް މީހުންް ގެންދިއުމާބެހޭ އުސޫލުގެ ދަށުން ދެ އަހަރުގެ ދުވަހުގެ މުއްދަތަށް ހުއްދަ ދީފައިވާ ކުންފުނިތަކެއް ކަމަށެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން 2020 ވަނަ އަހަރާއި، މި އަހަރުގެ މިހާ ހިސާބަށް އެ ކުންފުނިތަކަށް ޢުމްރާ ދަތުރުތައް ރާވާ ހިންގުމަށް އެކަށީގެންވާ ފުރުސަތެއް ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަދީފައިވާ ކުންފުނިތަކުގެ ހުއްދައިގެ މުއްދަތު، އެއް އަހަަރަށް އިތުރުކޮށްދީފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. ޢުމްރާއަށް މީހުން ގެންދިއުމުގެ މުއްދަތު އިތުރުކޮށްދިނީ 37 ކުންފުންޏަކަށެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page