ސުނާމީ އަރާފާނެ ކަމުގެ އިންޒާރު ނެރެފި
- މާހިރު މުޙައްމަދު
- Jul 29, 2021
- 1 min read

އެމެރިކާގެ ބައެއް ސަރަހައްދު ތަކަށް ސުނާމީ އަރާފާނެ ކަމުގެ އިންޒާރު ނެރެފިއެވެ.
8.2 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުން އައިސްފައި ވަނީ އަލަސްކާ ކައިރިން ކަނޑުގެ 35 ކިލޯމީޓަރު އަޑިއަށެވެ.
ޕެންސިލްވޭނިއާގެ އައްސޭރިފަށުގެ އިތުރުން އެމެރިކާގެ ހަވާއީއަށާއި އެމެރިކާގެ ޓެރިޓަރީއެއް ކަމަށްވާ ގުއާމްއަށް ވެސް މި ބިންހެލުމުގެ ސަބަބުން ސުނާމީ އަރާފާނެ ކަމުގެ އިންޒާރު ނެރެފައިވެއެވެ.
ބިންހެލުމަށްފަހު ކައިރި ކައިރީ އިތުރު 2 ބިންހެލުމެއް ވަނީ އައިސްފައެވެ. އެގޮތުން 6.2 އަދި 5.6 މެގްނިޓިއުޑްގެ ބާރުމިނުގެ ދެ ބިންހެލުމެއް ވަނީ ރެކޯޑް ކުރެވިފައެވެ.
ސުނާމީ އަރާފާނެ ކަމުގެ އިންޒާރާާާާާާާާާާާއެކު މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ބެހޭ އިދާރާތަކުން ވަނީ ފަށާފައެވެ.








Comments