ޓިކްޓޮކް ޝިފާ ތައުބާވެ، ބޮޑުހެދުންލައި ބުރުގާ ވެސް އަޅައިފި
- Goal mv
- Jul 3, 2021
- 1 min read

ޓިކްޓޮކް ޕްލެޓްފޯމްގައި މަޝްހޫރުކަންހޯދާ، ފިލްމީ ދާއިރާގައި ފިޔަޖަހަމުން އައި މަރިޔަމް ޝިފާ ރޭ ބުރުގާ އަޅައިފިއެވެ.
ޝިފާ ފާހަގަވެފައި ވަނީ ކުޑަދުވަސްކޮޅެއްގައި ފިލްމީ ދާއިރާގައި މަގުބޫލުކަން ހޯދި "ޖެހިލުންކުޑަ" "ސީދަލަށް އެއްޗެހި ބުނާ" ތަރިއެއްގެ ގޮތުގައެވެ.
އިންސްޓަގްރާމް ޕޯސްޓެއް މެދުވެރިކޮށް ޝިފާ ބުރުގާ އެޅިކަން ހާމަކުރި އިރު ޝިފާގެ ފޭނުންނަށް މިކަންވީ "ސަޕްރައިޒް" އަކަށެވެ. ސަބަބަކީ އެކިއެކި ލައިވްތަކުގައި ވެސް ބުރުގާ އެޅުމާއިބެހޭގޮތުން ސުވާލުކުރުމުން، އަވަސް މުސްތަގްބަލެއްގައި ބުރުގާ އަޅާފާނެކަމުގެ އިޝާރާތެއް ޝިފާ ދީފައިނުވުމެވެ.
އަލްހަމްދުالله. މިއީ އައު ފެށުމެއް: ޝިފާ

ޝިފާ ބުރުގާ އެޅިކަން އޭނާ ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ނުދެއެވެ. މޯލްޑިވިއަން އައިޑަލްގައި 17 އަހަރުގައި ޝިފާ ބައިވެރި އިރު، އޭރު ޝިފާ ހުރީ ބުރުގާ އަޅާފައެވެ. އެއަށްފަހު ޓިކްޓޮކް އަދި ފިލްމީ ދާއިރާއަށް ނުކުތް އިރު ޝިފާ ވަނީ ބުރުގާ ނަގާފައެވެ. އޭގެ ފަހުން ރެ އާއި ހަމައަށް ޝިފާ ފެނިފައި ވަނީ ކުރު އެއްޗެހިލައިގެން ސޯޝަލް ޕްލެޓްފޯމްތަކުގައި ވީޑިއޯ ފޮޓޯ އާއްމުކޮށްފައިވާ ފަރާތެއްގޮތުގައެވެ.








Comments