ޓިކްޓޮކްގައި ”އޮރިޔާން“ ވީޑިއޯ އާންމުކުރި ޔާޔާ ދޫކޮށްލައިފި
- މާހިރު މުޙައްމަދު
- Oct 14, 2021
- 1 min read

ޓިކްޓޮކްގައި ”އޮރިޔާން“ ވީޑިއޯއެއް ޢާންމުކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ގ.ކަމަރާގޭ ޢުމުރުން 36 އަހަރުގެ މުޙައްމަދު ނަބީލް ދޫކޮށްލައިފިއެވެ.
ޔާޔާގެ ބަންދަށް އެންމެފަހުން އިތުރުކުރި މުއްދަތު ހަމަވުމާއެކު ބަންދާމެދު އިތުރު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރީ މި މަހުގެ 12 ގައެވެ. އެ ގޮތުން ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތްކަމަށް ބުނެ ކޯޓުން ވަނީ ޔާޔާ ދޫކޮށްލާފައެވެ. ކޯޓު ޢަމުރުގައިވާ ގޮތުން އޭނާ ދޫކޮށްލީ ޝަރުތުތަކަކާއެކުގައެވެ. ޔާޔާ ބުނެފައިވާ ގޮތުން ސޯޝަލް މީޑިއާގައި ޢާންމުވެފައިވާ ވީޑިއޯއަކީ އޭނާ ހެދި ވީޑިއޯއެއްނޫންް ކަމަށާއި އެ ވީޑިއޯއިން ފެންނަނީ އޭނާ ނޫން ކަމަށް ވެސް ޔާޔާ ބުނެފައިވެއެވެ. އަދި އެއީ އޭނާ ބޭޒާރުކުރަންވެގެން އޭނާގެ މޫނު އެޑިޓުކޮށްގެން ހަދާފައިވާ ވީޑިއޯއެއް ކަމަށާއި، އެހެން ނަމަވެސް އަންހެން ހެދުން އަޅައިގެން ޓިކްޓޮކް ވީޑިއޯ އުފައްދާފައިވާނެ ކަމަށް ޔާޔާ ބުނެފައިވެއެވެ.
ޔާޔާ ބަރަހަނާވެފައި ހުންނަ މަންޒަރު ފެންނަކަމަށް ބުނާ ވީޑިއޯ ޓިކްޓޮކްގައި ޢާންމުކޮށްފައިވަނީ ހުސްވި މަހުގެ 07 ވަނަ ދުވަހުގައެވެ. އެ ގޮތުން ޔާޔާ ހައްޔަރުކުރީ އެ މަހުގެ 11 ވަނަ ދުވަހުގައެވެ.








Comments