https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ތިމާގެ އަގުވަޒަން ނުކުރާ ކޮންމެތަނެއް ދޫކޮށްފަ ދިއުމަށް ދަސްކުރާށެވެ.

  • މާހިރު މުޙައްމަދު
  • Sep 17, 2021
  • 0 min read

ދިރިއުޅުމުގައި އަހަރެމެންނާ ތަފާތު ވައްތަރުގެ މީހުންނާ ބައްދަލުވެއެވެ. އެކި މިޒާޖުގެ އެކި މީހުންނާ ދިމާވެއެވެ. އެފަދަ ކޮންމެ މީހަކީ ވެސް ތަފާތު މީހެކެވެ. ތަފާތު ގަބޫލު ކުރުންތައް ގެންގުޅޭ މީހެކެވެ. ދިރިއުޅުމުގައި ބައްދަލުވާ ބައެއް މީހުންނަކީ އަހަރެމެންގެ ދިރިއުޅުމުގައި ބައެއް ފަހަރަށް ވަރަށް މުހިންމުވާ މީހުންނެވެ. ވަރަށް ގާތް ރަހުމަތްތެރިންނަށް ބަދަލުވާ މީހުންނެވެ.


އެފަދަ މީހުންނާ އެކު އަހަރެމެންނަށް މަޖަލާއި ސަކަރާތުގައި ވަގުތުތައް ހޭދަ ކުރެވެއެވެ. ދިރިއުޅުމުގައި ދިމާވާ އެތައް ކަމެއް ހިއްސާ ކުރެވެއެވެ. އުފަލާއި ހިތާމައެވެ. ބައެއް ފަހަރަށް ރުޅިއެވެ. އަނެއްބައި ފަހަރަށް ހިތްދަތިވެ ރޮވޭ ފަހަރަށް ހިތްވަރުދޭ މީހަކަށް ވެސް އެމީހަކު ބަދަލުވެއެވެ. އެފަދަ ކޮންމެ މީހަކީ ވެސް އަހަރެމެންގެ ދިރިއުޅުމުގައި ވަރަށް މުހިންމު މީހަކަށް ވަނީ ވެފައެވެ.


އެކުގައި ވަގުތު ހޭދަ ކުރާ ކޮންމެ މީހަކު އަހަރެމެންނަށް ހެޔޮ އެދޭ މީހަކަށް ވެސް ނުވެދާނެއެވެ. ހިނިތުންވެ ކުރިމަތީގައި ވާހަކަ ދައްކައި މީހާއަކީ އަހަރެމެންނާ މެދު ހަސަަދަވެރިވާ މީހަކަށް ވެސް ވެދާނެއެވެ. އިންސާނެއްގެ ހިތުގައި އޮންނަ އެއްޗެއް އަނެއް އިންސާނަކަށް އެނގުމަކީ ނާދިރު ކަމެކެވެ. ބައެއް ފަހަރަށް ރަހުމަތްތެރިން އެދޭ ކަންތައްތައް ނުކޮށްދެވޭ ފަހަރު ވެސް އާދެއެވެ. އެފަދަ ވަގުތުތަކުގައި ދެރަވި ނަމަ ވެސް، ހިތް ނުތަނަވަސް ވީ ނަމަ ވެސް އެ ކަންކަމަކީ ކޮށްދެވެން ނޯންނަ ކަންކަމެވެ. އެކި ކަހަލަ ސަބަބުތަކަށް ޓަކައެވެ.


ބައެއް ރަހުމަތްތެރިންނަށް އެ ކަންކަން "އަންޑަސްޓޭންޑް" ވެއެވެ. ނަމަވެސް އަނެއްބައި ރަހުމަތްތެރިން އެކަމާ ތުންދަމާ އެތައް ދުވަހެއް ވަންދެން ވާހަކަ ނުދައްކައި ހުރެފާނެއެވެ. ހަމަ އެހެންމެ، ބައެއްފަހަރަށް ކިތަންމެ ބޮޑު ކަމެއް ރަހުމަތްތެރިއަކު ބުނި ކަމުގައި ވިޔަސް ކޮންމެ ވެސް ގޮތަކުން އެކަމެއް އަހަރެމެން ކޮށްދެއެވެ.


ކަންކަން ކޮށްދީފައި އެ ކަންކަމުގެ ވާހަކަ ދެއްކުމަކީ "ކަލަ" ގޮވުމެވެ. ކަލަ ގޮވުމަކީ އެއްވެސް މީހަކު ގަޔާވާ ސިފައެއް ނޫނެވެ. ނަމަ ވެސް ބުނަން ހެއްޔެވެ. ބައެއް ފަހަރަށް ކޮށްދޭ ކަންތައްތަކުގެ އަގު ވަޒަން ނުކުރުމަކީ އެންމެ ހިތްދަތިވާ ކަންތައްތަކެވެ. ކިތަންމެ ގިނަ ކަންތައްތަކެއް ކޮށްދީފައި ވީ ނަމަވެސް އެންމެ ކަމެއް އަތުން ބީވެގެން ގޮސް ނުކޮށްދެވުމުން ވެސް އެވާހަކަ ނުރުހުންވެފައި ދައްކާ ނަމަ އެކަމުގެ ސަބަބުން ހިތަށް އަސަރުތަކެއް ކުރުވާނެއެވެ. އެވަގުތުގައި ކުރެވޭ އިހްސާސްތަކުގެ ސަބަބުން އެ ބުނާހެން "ކަލަ" ވެސް ގޮވެނީއެވެ.


ދިރިއުޅުމުގައި މީހަކަށް ކަމެއް ކޮށްދޭންވީ އެމީހަކު އެކަމެއް ބަލައިގަންނާނޭ ކަމަކަށް ނޫނެވެ. އަހަރެމެންގެ ފަރާތުން ކަމެއް ބޭނުންވީމާ ކޮންމެ މީހަކަށް ވެސް އަހަރެމެން ފެންނާނެއެވެ. އެހެން ނަމަ ވެސް އެކަމެއް ނިމޭއިރަށް ދަންނަ މީހެއް ކަމަކަށް ވެސް ނުހަދާނެއެވެ. ވާނީ ވެސް އެހެންތާއެވެ. ކެޔޮގަނޑު ކަނޑާލީމާ ގަހުގެ ބޭނުމެއް ނޯންނާނެއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page