ސްރީލަންކާއަށް އަރާފޭބުން މަނާކޮށްފި
- ޙުސައިން އަޙުމަދު

- Aug 22, 2021
- 1 min read

ކޯވިޑް 19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން ދިއުމާއި ގުޅިގެން އަވައްޓެރި ސްރީލަންކާ ފުރަބަންދު ކޮށްފިއެވެ.
މިކަމާއި ގުޅިގެން އެގައުމުގެ ސިއްހަތާއި ބެހޭ ވުޒާރާ އިން ބުނީ، ސްރީލަންކާ ފުރަބަންދު ކުރުމަށް ނިންމާފައިވަނީ 10 ދުވަހު މުއްދަތަކަށް ކަމަށާއި، ހުރިހާ ރައްޔިތުންގެ ފަރާތުން ވެސް އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. ލަންކާ އަށް ކޯވިޑް ގެ 3 ވަނަ ރާޅެއް އަރާފައި ވާއިރު، އެގައުމުން ފަހަކަށްއައިސް ދުވާލެއްގެ މައްޗަށް 3000 މީހުން ބައްޔަށް ޕޮޒިޓިވް ވަމުން އަންނަ ކަމަށް ތަފާސްހިސާބުތައް ދައްކައެވެ. އަދި ދުވާލެއްގެ މައްޗަށް މިބަލީގެ ސަބަބުން އެގައުމުން 100 އަށް ވުރެ ގިނަ މީހުން މަރުވާ ކަމަށްވެސް ތަފާސްހިސާބުތައް ދައްކައެވެ. ލަންކާ ފުރަބަންދު ކޮށްފައިވާއިރު، ބަލި ކޮންޓްރޯލް ކުރުމަށް މީގެ ކުރިން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ސްކޫލްތަކާއި ޖިމްތައް ބަންދުކޮށް ޕާޓީތައް ނުބޭއްވުމަށް ވަނީ އަންގާފައެވެ.








Comments