https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ސިޔާސީ ކަންކަމަކީ ”ދީނަށް ލޯބިކުރާ މީހުންނަށް“ ކުރެވޭނެ ކަމެއްކަން ޢަދާލަތުން ދައްކައިދީފި

  • މާހިރު މުޙައްމަދު
  • Aug 20, 2021
  • 1 min read

ވޭތުވެދިޔަ ތަނުގައި ޢަދާލަތު ޕާޓީން ދައްކައިދިނީ، ސިޔާސީ ކަންކަމަކީ، ”ދީނަށް ލޯބިކުރާ މީހުންނަށް“ ވެސް ކުރެވޭނެ ކަމެއްކަން ކަމަށް، ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ މެންބަރު އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެެއްޖެއެވެ.


ޝައިޚް ޒައިދު ވިދާޅުވީ ޢަދާލަތު ޕާޓީން މި ވީހާ ތަނަށް ދައްކައިދިނީ، ރާއްޖޭގެ ދީނާއި، ގައުމިއްޔަތަށް ލޮޅުންއަރާނަމަ، އެ ޕާޓީން މަޑުމަޑުން ނޯންނާނެކަން ކަމަށެވެ. ހަމައެހެންމެ ސިޔާސީ ކަންކަމަކީ، ”ދީނަށް ލޯބިކުރާ މީހުންނަށް“ ވެސް ކުރެވޭނެ ކަމެއްކަން ޢަދާލަތުން ދައްކައިދީފައިވާކަމަށް ވެސް ޝައިޚް ޒައިދު ވިދާޅުވިއެވެ. ”ޢަދާލަތު ޕާޓީން މި ވީހާ ތަނަށް ދައްކައިދިނީ، ސިޔާސީ ކަންކަމަކީ ދީނަށް ލޯބިކުރާ މީހުންނަށް ވެސް ކުރެވޭނެ ކަމެއްކަން. އަދި ރާއްޖޭގެ ދީނާއި، ގައުމިއްޔަތަށް ލޮޅުންއަރާނަމަ، މަޑުމަޑުން ނޯންނާނެކަން. އަދި ކުރިއަށް ދިއުމަށް އޮތީ ވެސް މި ޢަޒުމުގައިކަން.“ ޝައިޚް ޒައިދު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ. ޝައިޚް ޒައިދު މިހެން ވިދާޅުވެފައިވާއިރު، ޢަދާލަތު ޕާޓީގެ 16 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، މި މަހުގެ 18 ވަނަ ދުވަހުގެރޭ ބޭއްވި ޖަލްސާަގައި ވާހަކަދައްކަަވަމުން ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން ވަނީ، ވޭތުވެދިޔަ 16 އަހަރުގައި އިސްލާމްދީން މަތިވެރި ކުރުމަށް، އެ ޕާޓީން ވަރަށް ބޮޑެތި ގުރުބާނީތަކެއް ވެފައިވާކަމަށް ވިދާޅުވެފައެވެ. ހަމައެހެންމެ އިސްލާމްދީނަށް ލޮޅުން އަރާފަދަ އެއްވެސްކަމެއް ކުރިމަތިކުރާނަމަ، ޕާޓީގެ މެންބަރުން ދެ އަތް އުރާލައިގެން ބަލަން ނުތިބޭނެ ކަމަށް ވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page