ފިލްމަކުން ޗާންސްދިނުމަށް އެދި ޝިފާ ނަހުލާއަށް ގުޅައިފި
- ޙުސައިން އަޙުމަދު

- Jun 28, 2021
- 1 min read

ރާއްޖޭގެ މަޝްހޫރް ޓިކްޓޮކް ތަރި އަދި ޓިކްޓޮކް ކުއީންގެ ގޮތުގައި މަޝްހޫރްވެ ގިނަބަޔަކަށް ލައްކައަކުން އެކެއްގެ ގޮތުގައި ފާހަގަ ކުރެވުނު ޅ. ނައިފަރަށް އުފަން މަރިޔަމް ޝިފާއެވެ.
ބައިސްކޯފް ޝޯއެއްގެ ތެެރެއިން ޝިފާ ރަށްޓެހިވެގެން އުޅޭ މީހާގެ ނަން ބުނުުމަށް އެދުމުން އެކަން ހާމަކުރާކަށް ބޭނުން ނުވުމުން ޑެއާއެއް ނަގައިގެން އޭގައިވާ ކަންކުރުމަށް ޝިފާ ނެގީ ޑެއާއެވެ.
ޝިފާއަށް ޖެހުނީ ރާއްޖޭގެ މަޝްހޫރު ފިލްމު ޕްރޮޑިއުސާރ ނަހުލާއަށް ގުޅުމަށް ފަހު ނަހޫގެ ފިލުމަކުން ޗާންސް ދިނުމަށް އެދުމަށެވެ.
ޝިފާ ނަހުލާއަށް ގުޅާފައި ބުނީ "ނަހުލާ މެޑަމްގެ ޕްރޮޖެކްޓެއް ބޭނުންވާތީ" ގުޅީ ކަމަށެވެ. އެއީ ކޮންކަހަލަ ޕްރޮޖެކްޓެއްތޯ ނަހޫ ޝިފާ ކައިރީ އެހުމުން ޝިފާ ބުނީ، "ކޮންމެ ކަހަލަ ޕްރޮޖެކްޓެއް ވެސް އޯކޭ ކަމަށެވެ.
"ހަމަ އޯކޭ ކޮންމެ ކަހަލަ ޕްރޮޖެކްޓެއްވެސް. ހަމަ ފިލްމެއްގައި ވޯކް ކޮށްލަން ބޭނުންވަނީ ނަހުލާ މެޑަމްއާއިއެކީގަ" ޝީފާ ބުނެއެވެ.
ނަހުލާއާއެކު ފިލުމެއްގައި މަސައްކަތްކޮށްލަން ބޭނުންވާ ކަމަށް ބުނުމުން ނަހުލާ ވަނީ ކުޑައިރުކޮޅަކަށް މަޑުކޮށްލުމަށް ފަހު އެކަމާއި ޖެހޭނީ ވިސްނާލަން ކަމަށް ބުނެފައެވެ. އެޔަށް ފަހު އެންމެ ރަނގަޅު ކަމަށް ބުނުމުން ޝިފާ ނަހޫއަށް ޝުކުރުއަދާ ކުރުމަށް ފަހު ފޯނު ބޭއްވިއެވެ.
ފޯނު ބޭއްވުމަށް ފަހު ޝިފާ ބުނެފައި ވަނީ "އެއީ ވަރަށް ނުކުރާނެ ކަމެއް" ކަމަށާއި، "ދެން އިތުރު ގޮތެއްނެތީ" ކަމަށެވެ. އެޔަށް ފަހު ޝޯގެ ޕްރެޒެންޓަރު ވަނީ އޭގެ ސަބަބުން ޕްރޮޖެކްޓެއް ވެސް ލިބުން އެކަށީގެންވާ ކަމަށް ބުނެފައެވެ.
ޝިފާ ބުނީ އޭނަ އެންމެ ފުރަތަމަ ޓިކްޓޮކް ކުޅެން ފެށީ ފޫހިވެގެން ކަަމަށެވެ. ފޫހިވެގެން އެންމެ ގާތް ރަހުމަތްތެރިޔާ ކައިރީ އެ ވާހަކަ ދައްކާތީ، ރަހުމަތްތެރިޔާ ދިން ހިޔާލަކީ ޓިކްޓޮކް ކުޅުމެވެ. އެގޮތުން ޓިކްޓޮކް ކުޅެންފެށި ޝިފާގެ ޓިކްޓޮކް ފޮލޯވަރުންގެ ތެރޭގައި މިހާރު ވެސް 78،000އަށް ވުރެ ގިނަ ފޮލޯވަރުން ތިއްބެވެ.








Comments