ޝިފާއަށް ނުހުރެވިގެން ބުރުގާނަގައި ކަނދުރާއާއި ކުޑަކަޅުވަ ދައްކާލަފި
- މާހިރު މުޙައްމަދު
- Aug 24, 2021
- 1 min read

ބުރުގާ އަޅައިގެން ހުރެވޭތޯ ވަރަށް މަސައްކަތް ކުރާނެކަމަށް ދާދިފަހުން ބުނެފައިވާ، ޓިކްޓޮކް ތަރި މަރްޔަމް ޝިފާ ބުރުގާ ނަގައިފިއެވެ.
ޝިފާ ބުނީ ކަމެއް ކޮށްފައި އެ އޮންނަ ގޮތަކަށް އެކަމެއް ނުހިފެއްޓޭނަމަ، އެކަން ނުކުރުން މާ ރަނގަޅުކަމަށް މީހުން ބުނެ އުޅޭ ކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ތަނުގައި ބުރުގާ އަޅައިގެން ހުރެވޭތޯ ވަރަށް މަސައްކަތްކުރާނެ ކަމަށެެވެ.
ޝިފާ މިހާރު ވަނީ ބުރުގާ ނަގާފައެވެ. ޝިފާ ބުރުގާ ނެގިކަން ހާމަކުރީ ”ސަންގު އީ“ ޗެނަލްއިން ގެނެސްދޭ ”ޓިއުސްޑޭ ނައިޓް ވިތު ޝިފާ“ ޕްރޮގްރާމުގެ ޓްރެއިލާގައެވެ.

އެކަމަކު ޝިފާ ބުރުގާ ނެގީ ވަކި ކޮން ސަބަބަކާހުރެ ކަމެއް އަދި ސާފެއްނޫނެވެ. ”ޓިއުސްޑޭ ނައިޓް ވިތު ޝިފާ“ ޕްރޮގްރާމުގައި ޝިފާ މިކަމަށް އަލިއަޅުވައިލާނެކަމަށް ބެލެވެއެވެ.
ޓިކްޓޮކް ލަވަތައް ކުޅެގެން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޝިފާ ބުރުގާ އެޅީ މި އަހަރުގެ ޖުލައިމަހުގެ ފުރަތަމަ ކޮޅުގައެވެ.








Comments