ޝިދާތާ އާއި ފިލްމީތްރި ޒިޔާގެ ކައިވެނި ނިމުމަކަށް އައީތަ؟
- ޙުސައިން އަޙުމަދު

- Jul 9, 2021
- 1 min read

ކުރީގެ ޖެންޑަރ މިިނިސްޓަރ ޝިދާތާ ޝަރީފް އާއި ފިލްމީތަރި އަހްމަދު ޒިޔާއުގެ ކައިވެނި ނިމުމަކަށް ގެނެސްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝިދާތާ، ވަރިވެފައި ވަނީ އަމިއްލަ އަށް ކޯޓަށް މައްސަލަ ހުށަހަޅައިގެންނެވެ.
ގިނަ ބަޔަކަށް ސިހުމެއް ގެނުވާ، ޝިދާތާއާއި ޒިޔާ ކައިވެނިބައްލަވައިގަތީ މި އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގައެވެ.
ޝިދާތާގެ ކައިވެނި ނިމުމަކަށް ގެނެއި ސީދާ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގެ އެވެ. އެހެންނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި، ޒިޔާ ކައިރިން ޝިދާތާ ވަރިވާން ނިންމީ، ޒިޔާގެ އަމަލުތައް ހުންނަ ގޮތުންނެވެ. އަދި އެކަންކަން ރަނގަޅުކުރުމަށް އެތައް ފަހަރެއްގެ މަތިން ޝިދާތާ ވަނީ ޒިޔާއަށް އަންގާފައެވެ.
ދެމީހުންގެ ކައިވެނި ނިމުމަކަށް ގެނައުމުން ޒިޔާ ވަނީ ޝިދާތާ މެންގެއިން ނިކުމެ، އޭނާގެ މަންމަ މެންގެއަށް ބަދަލު ވެފައެވެ.








Comments