https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ސަމާލުވޭ- ޒިކާ ވައިރަސް ފެތުރެން ފަށައިފި

  • Writer: Goal mv
    Goal mv
  • Jul 10, 2021
  • 1 min read

އިންޑިއާގެ ކެރެލާ ސްޓޭޓުގައި ޒިކާ ވައިރަސް ފެތުރެން ފަށައިފި އެވެ.

އެ ސްޓޭޓްގެ ހެލްތް މިނިސްޓަރު ވީނާ ޖޯޖް މީޑިއާގައި ވިދާޅުވީ މިހާތަނަށް ބަލި ފެތުރެމުންދަނީ ކެރެލާގެ ވެރިރަށް ޓްރިވެންޑްރަމްގައި ކަމަށެވެ. އެގޮތުން 14 ކޭސް ފެނިފައިވާ ކަމަށާއި ބަލި ޖެހިފައިވާ އެންމެންނަކީ ޞިއްޙީ ދާއިރާގައި މަސައްކަތް ކުރާ މީހުންކަމަށެވެ.


އެންމެ ފުރަތަމަ ބަލީގެ އަލާމާތްތަކާއި އެކު މީހަކު ޑޮކްޓަރަށް ދެއްކީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ކަމަށެވެ. އެމީހާ އަކީ މާބަނޑު އަންހެނެއް ކަމަށާއި މިހާރު އެމީހާ ވިހާފައިވާ ކަމަށް ވިދާޅުވި އެވެ. ދެމައިންގެ ހާލު ރަނގަޅު ކަމަށް ވެސް ވީނާ ވިދާޅުވިއެވެ.


މި ކޭސްތަކާއި ގުޅިގެން ކެރެލާ ސްޓޭޓްގެ ހުރިހާ ޑިސްޓްރިކްޓެއް ވަނީ އެލާޓަށް ގެނެސްފައި އެވެ. އަދި މިހާރު ޑްރިވެންޑްރެމްގައި ބަލި ޖެހިފައިވާ މީހުން ތިބި ޑިސްޓްރިކްޓުން ބަލި ޖެހިފައިވާ މީހުންގެ ޕަސެންޓޭޖު އިތުރު ނުވާނެ ގޮތަކަށް ފިޔަވަޅުއަޅަމުންދާ ކަމަށް އެ ސްޓޭޓްގެ ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.


އެގޮތުން މަދިރި އުފެދޭ ތަންތަން ނައްތާލައި ފޮގް ކުރުމުގެ މަަސައްކަތް ފަށާފައިވާ ކަމަށް ބުނެއެވެ. މި ދުވަސްވަރަކީ އިންޑިއާއަށް ވިއްސާރަ މޫސުމަށް ވާތީ މަދިރި ކޮންޓްރޯލް ކުރުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ.

ޒިކާ ވައިރަސް ޖެހެނީ މަދީރީގެ ޒަރީއާއިންނެވެ. އަދި ބައެއް ފަހަރު ޖިންސީ ގުޅުމުން ބަލި ޖެހިފައިފަވާ ކަމަށްވެއެވެ.


ޒިކާ ވައިރަަސްގައި އެންމެ ސީރިއަސް ހާލަތަކަށް ދަނީ ކުޑަކުދިންނެވެ. އެގޮތުން އެ ބަލީގައި ސީރިއަސްވާ ކުޑަކުދިންގެ ސިކުނޑީގެ މައްސަލަތައް ޖެހުމުގެ އިތުރުން ވަރަށް މަދުން ނުނީ ނުޖެހޭ ދިފާއީ ނިޒާމާއި ގުޅޭ ބައްޔެއް ޖެހެ އެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page