ނަޞާރާދީން ރާއްޖޭގައި ފެތުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދަނީ
- މާހިރު މުޙައްމަދު
- Jul 22, 2021
- 1 min read

ދިވެހިންގެ މެދުގައި ނަޞާރާދީން ފެތުރުމުގެ މަސައްކަތް ބަޔަކު ކުރަމުން އެބަދެއެވެ.
ނަޞާރާދީން ފަތުރަމުން އަންނަނީ ”ކިތާބުލް މުގައްދަސް ދިވެހި“ ގެ ނަމުގައި ފޭސްބުކްގައި ހިންގަމުން އަންނަ ޕޭޖަކުންނެވެ. އެ ޕޭޖަށް ލައިކް ކޮށްފައިވާ މީހުންގެ ޢަދަދު 3،300 އަށްވުރެ މައްޗަށް އަރައިފައިވާ އިރު، އެ ޕޭޖަށް ފޮލޯކޮށްފައިވާ މީހުންގެ ޢަދަދު 3،800 އަށްވުރެ ގިނަަން ފާހަގަކުރަމެވެ.
ބައިބަލްގެ ދިވެހި ތަރުޖަމާގެ އެކި ބާބުތައް އެ ޕޭޖު މެދުވެރިކޮށް އަންނަނީ ގެނެސްދެމުންނެވެ.
ދިވެހި ޒުވާނުންތަކެއް އެ ޕޭޖާއި ދެކޮޅަށް ސޯޝަލްމީޑިއާގައި ވަނީ ކެމްޕެއިނެއް ވެސް ފަށާފައެވެ. އެ ޕޭޖަށް އަންލައިކް ކުރުމަށާއި، ޕޯސްޓްތައް ހިއްސާ ނުކުރުމަށާއި، ޕޭޖާބެހޭ މަޢުލޫމާތުތައް ވީހާވެސް ގިނަ ބަޔަކާ ހިއްސާކޮށް، ރައްޔިތުން ހޭލުންތެރިކޮށްދިނުމަށް އެ ޒުވާނުން އެދެއެވެ.








Comments