ގުރޭޑް 1 ގެ ޤުރުއާން ފޮތުގައި، ސޫރަތެއް ނުބައިކޮށް ލިޔެފައި
- މާހިރު މުޙައްމަދު
- Sep 4, 2021
- 1 min read

ގުރޭޑް 01 ގެ ދަރިވަރުންގެ ޤުރުއާން ފޮތުގައި، ޤުރުއާނުގެ އާޔަތެއް ނުބައިކޮށް ލިޔެފައިވާކަން ހާމަވެއްޖެއެވެ.
އެ ގޮތުން އެ ފޮތުގެ 64 ވަނަ ސޮފުހާގައި ލިޔެފައިވާ ސޫރަތުލް ނަބައުގެ 24 ވަނަ އާޔަތުގެ މެދުތެރެއިން ފެށިގެން ވަނީ ނުބައިކޮށް ލިޔެފައެވެ. އެ ހިސާބުން ފެށިގެން 31 ވަނަ އާޔަތާއި ހަމައަށް އޮތީ ނާޒިޢާތު ސޫރަތުގެ 08 ވަނަ އާޔަތުން ފެށިގެން 14 ވަނަ އާޔަތުގެ ނިޔަލަށެވެ.
އެ ކަމާއި ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވީ، ގްރޭޑް 01 ގެ ޤުރުއާން ފޮތުގައި އައްނަބައު ސޫރަތާއި އައްނާޒިޢާތު ސޫރަތުގެ އާޔަތްތައް އެއްވެ، އެއް ސޫރަތެއްގެ ގޮތުގައި އޮތްކަން ދެނެގަތީ ޣިޔާސުއްދީން ސުކޫލްގެ ދަރިވަރު އަބްރަމް އަޒްބާން ފަހުމީ ކަމަށެވެ.

”މިކަމުން ރަމްޒުކޮށްދެނީ އެ ދަރިވަރު ޤުރުއާނަށް ހޭލުންތެރިވެފައިވާ މިންވަރު.އޭނާގެ ބެލެނިވެރިންނަށް ޝުކުރު ދަންނަވަން. އަދި މިކަން އަޅުގަނޑުގެ ސަމާލުކަމަށް ގެެނެސްދެއްވި އެ ދަރިވަރުގެ ބޭބެ އެކުވެރި ޝަހުބާނަށް (މީޑިއާ ކައުންސިލުގެ ރައީސް) ޝުކުރު ދަންނަވަން.“ ޑރ.ޝަހީމް ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓުރީގެ ސަމާލުކަމަށް އެ މައްސަލަ މިހާރު އައިސްފައިވާ ކަމަށްް މިނިސްޓުރީީން ބުނެއެވެ.








Comments