https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ސާފް ޗެމްޕިއަންޝިޕް ލީގު އުސޫލުން ކުޅޭގޮތަށް ބަދަލުކޮށްފި

  • މާހިރު މުޙައްމަދު
  • Jul 2, 2021
  • 1 min read


މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ލީގު އުސޫލުން ކުޅޭ ގޮތަށް ބަދަލު ކުރުމަށް ސާފްގެ ސެކްރެޓަރީ ޖެނަރަލުންގެ ބައްދަލުވުމުގައި ނިންމައިފިއެވެ.


ލީގު އުސޫލުން ސާފް ޗެމްޕިއަންޝިޕް ބާއްވަން، ސާފްގެ ބައްދަލުވުމުގައި ނިންމީ، މުބާރާތުގައި ބައިވެރި ނުވާން ބޫޓާނުން ނިންމުމުންނެވެ. އަދި ފީފާ އިން ޕާކިސްތާން ސަސްޕެންޑް ކޮށްފައި ވު މުން މުބާރާތުގައި ވާދަކުރަން ފަސް ޓީމު އޮތުމުންނެވެ. ސާފްގެ ޖެނަރަލް ސެކެޓްރީ ބަންގުލަދޭޝްގެ އަންވާރުލް ހައްގު ހިލާލް، އެ ގައުމުގެ ޖަގޯ ނިއުސް އަށް ވިދާޅުވި ގޮތުގައި ފަސް ޓީމުގެ މެދުގައި ލީގުން އުސޫލުން ކުޅުމަށް ފަހު ފައިނަލަށް ދާނީ އެންމެ ގަދަ ދެ ޓީމެވެ. މުބާރާތުގައި ވާދަނުކުރަން ބޫޓާނުން ނިންމީ، ކޯވިޑުގެ ހާލަތާ ގުޅިގެން ގައުމު ދޫކޮށް ދިއުން އެ ގައުމުގެ ސަރުކާރުން މަނާ ކުރުމުންނެވެ.


ސެޕްޓެމްބަރު 14 އިން 25 އަށް ކުރިން ބާއްވަން އޮތް މުބާރާތް، މިހާރު ވަނީ އޮގަސްޓް 31 އިން ސެޕްޓެމްބަރު 7 އަށް ބޭއްވުމަށް އަވަސް ކޮށްފައެވެ.


ބަންގުލަދޭޝްގެ މީޑިއާތަކުން ބުނިގޮތުގައި ޝްރީ ލަންކާ އަދި ނޭޕާލުން ބޭނުން ވަނީ ކޮންމެ ތާރީޙެއްގައި ނަމަވެސް މިއަހަރު މުބާރާތް ބޭއްވުމަށެވެ. އަދި ފީފާގެ އިންޓަނޭޝަނަލް ޕީރިއަޑަށް ފެތޭ ގޮތަށް މުބާރާތް ބޭއްވުމަށް އިންޑިއާއިން ހުށަހަޅަފައިވާ ކަމަށްވެސް ބަންގުލަދޭޝްގެ "71 ނިއުސް" އިން ރިޕޯޓްކޮށްފައި ވެއެވެ.


އޮގަސްޓް 31 އިން ސެޕްޓެމްބަރު މަހު 7 ގެ ނިޔަލަށް މުބާރާތް ބާއްވަން އިއުލާން ކުރީ ވެސް އެހެންވެއެވެ.



 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page