https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ރޮނާލްޑޯގެ ޖާޒީ ހޯއްދަވަން ރާނީ އެދިވަޑައިގެންފައެއް ނުވޭ

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Sep 4, 2021
  • 1 min read

ކްރިސްޓިއާނޯ ރޮނާލްޑޯ 12 އަހަރު ފަހުން އެނބުރި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުން ވެގެން ދިޔައީ ގިނަ ބަޔަކު ހައިރާންކުރުވި އަދި އެހާމެ އުފާވެރި ހަބަރަކަށެވެ.


ރޮނާލްޑޯ އިނގިރޭސިވިލާތަށް ދިއުމާ އެކު އިތުރު ހަބަރެއްވެސް ވައިގައި ހިފި އެވެ. އެއީ އިނގިރޭސިވިލާތުގެ ރާނީ ކުއީން އެލިޒަބަތު ރޮނާލްޑޯގެ ޖާޒީއެއް ހޯއްދަވަން އުޅުއްވި ވާހަކަ އެވެ. އެކަމަކު ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި އެއީ ހަގީގަތެއް ނޫނެވެ. އިނގިރޭސި ރާނީ، ރޮނާލްޑޯގެ ޖާޒީ ހޯއްދަވަން އެދިވަޑައިގެން ކަމަށް ބުނެ އެންމެ ފުރަތަމަ ސޯޝަލްމީޑިއާގައި އެވާހަކަ ފެތުރީ ސްޕޯޓްސް އިނޮވޭޝަން ސޮސައިޓީ (އެސްއައިއެސް) ކިޔާ ވެރިފައިޑް ޕޭޖަކުންނެވެ. އެއާ އެކު ގިނަ ބަޔަކަށް އެއީ ތެދު ހަބަރެއް ކަމަށް ގަބޫލު ކުރެވި އެކި ޕްލެޓްފޯމް ތަކުގައި އެވާހަކަ ދައުރު ކުރަން ފެށި އެވެ. ނަމަވެސް (އެސްއައިއެސް) އިން ވަނީ އެ ޕޯސްޓް ފަހުން ޑިލީޓް ކޮށްލުމަށްފަހު އެކަމަށް މައާފަށް އެދިފަ އެވެ. އެ ޕޯސްޓުގައިވާ ގޮތުން ރާނީ އެދިވަޑައިގަތީ ރޮނާލްޑޯގެ ސޮއި ކޮށްފައިވާ 80 ޖާޒީ ހޯއްދަވައި ދެއްވުމަށެވެ. އެއީ އެކަމަނާގެ އޮފީހުގައި މަސައްކަތް ކުރައްވާ ސްޓާފުންނަށެވެ. އަދި ރޮނާލްޑޯގެ ސޮއި ކޮށްފައިވާ ފުރަތަމަ ޖާޒީ އެކަމަނާ އަށް ދެއްވުމަށްވެސް އެދިވަޑައިގެންފައިވާ ކަމަށްވެސް އެ ޕޯސްޓުގައިވެ އެވެ. އެކަން އެގޮތަށްވީ ނަމަ ރޮނާލްޑޯ ވެގެންދާނީ ކުއީން އެލިޒަބަތު މީހެއްގެ އޮޓޯގްރާފް ހޯއްދަވަން އެދިވަޑައިގެންނެވި ހަމައެކަނި މީހާ އަށެވެ. ކުއީން އެލިޒަބަތަކީ ޔުނައިޓެޑް ނުވަތަ ރޮނާލްޑޯގެ ސަޕޯޓަރެއްކަން އެއްވެސް އިރަކު އެކަމަނާ ހާމަކުރައްވާފައެއް ވެސް ނުވެ އެވެ. އެކަމަނާގެ ފުށުން ކިރިޔާވެސް ޓީމަކަށް ސަޕޯޓު ކުރާ މޭރުމަކުން އަމަލުތައް ފެނިފައި ވަނީ ވެސްޓްހޭމް އާއި އާސެނަލް އަށެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page