ރޮނާލްޑޯގެ 2 ލަނޑާއެކު ސަޕޯޓަރުންނަށް އުފާވެރިކަން
- މާހިރު މުޙައްމަދު
- Sep 12, 2021
- 1 min read

މެންޗެސްޓާ ޔުނައިޓެޑަށް 2 ވަނަ ފަހަރަށް ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި އައި މެޗުގައި ނިއުކާސަލް ޔުނައިޓެޑާ ކޮޅަށް 2 ލަނޑު ޖަހައި ސަޕޯޓަރުންގެ ހިތަށް ފިނިކަން ހޯދައި ދީފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޔުނައިޓެޑް މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ. ޔުނައިޓެޑް ގެ ފުރަތަމަ ގޯލަކީ ޕެނަލްޓީ އޭރިޔާ ބެރޭން މޭސަން ގްރީންވުޑް ފޮނުވާލި ޝޮޓް ނިއުކާސަލްގެ ގޯލްކީޕަރު އަތުގައި ޖެހިފައި ނިކުތް ވަގުތު، ރޮނާލްޑޯ ގޯލުގެ ތެރެއަށް ވައްދާލި ބޯޅައެކެވެ.
2 ވަނަ ހާފުގައި ނިއު ކާސަލްއިން ނަތީޖާ ހަމަހަމަ ކުރިއެވެ. އެ ޓީމުގެ ލަނޑު ހާވީ މެންކިޔޯ ކާމިޔާބު ކުރީ 56 ވަނަ މިނެޓުގައި އެލަން ސެއިންޓް މެކްސިމަން ދިން ބޯޅަ ގޯލްގެ ކަނަށް ވައްދާލައިގެންނެވެ.
މި ލަނޑު ޖެހިތާ ހަ މިނެޓު ފަހުން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ 2 ވަނަ ފަހަރަށް ޔުނައިޓެޑަށް ލީޑު ނަގަައިދީފައެވެ. މިއީ ކީޕަރު ކައިރިން ކަޓުވާލުމަށްފަހު ރޮނާލްޑޯ ކާމިޔާބުކުރި ހިތްގައިމު ގޯލެކެވެ.
މެޗުގެ ބާކީ އޮތް ބައިގައި ޔުނައިޓަޑުން ވަނީ އިތުރު 2 ލަނޑު ކާމިޔާބު ކޮށްފަ އެވެ. މި 2 ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭސް އާއި ޖެސީ ލިންގާޑްއެވެ.








Comments