ރަައީސް ޔާމީން ޤައުމީ ފުޓްބޯޅަ ޓީމަށް ހިތްވަރު ދެއްވުމުން ކުޅުންތެރިނަށް އުފާވެރިކަން
- މާހިރު މުޙައްމަދު
- Oct 12, 2021
- 1 min read

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ދިވެހި ޤައުމީ ފުޓްބޯޅަ ޓީމަށް މިރޭ ހިތްވަރު ދެއްވައިފިއެވެ.
މިވަގުތު ގޭ ބަންދުގައި ހުންނެވި ރައީސް ޔާމީން ޤައުމީ ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދެއްވީ ކުޅުންތެރިން ޕްރެކްޓިސްއަށް ދިޔަ ވަގުތާއި ދިމާކޮށެވެ. ސިފައިންގެ ސެކިއުރިޓީގައި ބަހުގައި ކުޅުންތެރިން ދަތުރުކުރީ ބޮޑުތަކުރުފާނު މަގުންނެވެ.
ޓީމުގެ ކުޅުންތެރިން ދަތުރުކުރި ވަގުތާއި ދިމާކޮށް ރައީސް ޔާމީން ޤައުމީ ޖާޒީ ތުރުކުރައްައިގެން ގެކޮޅުގައި ހުންނަވާ ކުޅުންތެރިންނަށް އަތުގެ އިޝާރާތުން ސަލާމް ކުރައްވާ ހިތްވަރު ދެއްވާފައެވެ.
ބަހުގައި ތިބި ދިވެހި ކުޅުންތެރިން ވެސް ރަައީސް ޔާމީނަށް އަތުގެ އިޝާރާތުން ސަލާމް ކުރައްވާފައިވެއެވެ. އެ ކުޅުންތެރިންގެ މޫނު މަތިން އުފާވެރިކަން ވަރަށް ބޮޑަށް ފެންނަން ހުއްޓެވެ.
މިރޭ ޤައުމީ ޓީމަށް ސަޕޯޓްކުރެއްވުމުގެ ގޮތުން ރައީސް ޔާމީންގެ ގެކޮޅުގައި ވަނީ ޤައުމީ ބޮޑު ދިދައެއް ވެސް ނަގާފައެވެ.








Comments