https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ރައީސް ނަޝީދުގެ ވާހަކަތަކަށް ޗައިނާ އިން ވަރުގަދަ ރައްދެއް ދީފި

  • މާހިރު މުޙައްމަދު
  • Jul 28, 2021
  • 1 min read

ޗައިނާ އާއި ގުޅުވައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ކުރެއްވި ޓުވީޓަށް ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ވަރުގަދަ ރައްދެއް ދީފިއެވެ.


ޗައިނާ ސަރުކާރުގެ އިންޒާރުތަކަށް ބެލުމެއް ނެތި، އެޗްއެމްއެސް ކުއީން އެލިޒަބަތު ނަމަކަށް ކިޔާ އެއާ ކްރާފްޓް ކެރިއަރަކާއި އެ ކެރިއަރާއެކު ދަތުރުކުރާ ސްޓްރައިކް ގްރޫޕްގެ މަނަވަރުތައް ޗައިނާއިން މިލްކުވެރިކަމަށް ދައުވާ ކުރަމުން އަންނަ ސައުތު ޗައިނާ ކަނޑަށް ވަނުމާއި ގުޅިގެން ރައީސް ނަޝީދު ވަނީ، ސައުތު ޗައިނާ ކަނޑުގައި އޮންނަ ސްޕްރަޓްލީ ރަށްތަކުގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުގެ ދަތުރުފަތުރުކުރުމުގެ ހައްގު ހިމާޔަތް ކުރުމަށް އެ ކަނޑަށް އިނގިރޭސި މަނަވަރުތައް ވަނުމަކީ މިނިވަން ދުވަހު އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމެއް ކަމަށް ވިދާޅުވެ ޓުވީޓް ކޮށްފައެވެ.


އެކަމާއި ގުޅިގެން ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ރައީސް ނަޝީދުއަށް ރައްދު ދެއްވާ، އެމަނިކުފާނު ޓެގް ކުރައްވާ ކުރެއްވި ޓުވީޓްގައި ބުނެފައިވަނީ، ބައިނަލްއަގްވާމީ ހަމަތަކާއި އުސޫލުތަކާ އެއް ގޮތަށް ދުނިޔޭގެ ގައުމުތަކުގެ އުޅަނދުފަހަރާއި މަނަވަރުތައް ދަތުރު ކުރުމުގެ މިނިވަންކަން ދީގެން ތިބުމަކީ އަބަދުވެސް އެގައުމުން އިހުތިރާމާއެކު ބަލައިގަންނާނެ ކަމެއް ކަމަށާއި ނަމަވަވެސް ޗައިނާގެ ސިޔާސަތާއި އަމިއްލަވަންތަކަމަށް އުނިކަން އަންނަ ގޮތަށް އަދި ސަރަހައްދީ ސުލްހައާއި ހަމަޖެހުން ގެއްލިގެންދާ ގޮތަށް ޗައިނާއަށް އަމާޒުކޮށް ހިންގޭ ހަރަކާތްތަކާއި ބާރުގަދަކަން ދައްކަން ކުރާ ކަންކަން އެއްވެސް ހާލެއްގައި ބަލައިނުގަންނާނެ ކަމަށެވެ.


ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާ އާއި ދިވެހި ސަރުކާރުން އިތުރަށް ގުޅުން ބަދަހިކޮށް، ތަރައްގީގެ ގިނަ މަޝްރޫއު ތަކެއް ހިންގުމުން ރައީސް ނަޝީދު ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޗައިނާއިން ރާއްޖެ ދަރަނި ދަންތުރައެއްގައި ޖަސައްމުން ގެންދަވާ ކަމަށްވެސް އެމަނިކުފާނު ވަނީ އެތައް ފަހަރަކު ވިދާޅުވެފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page