ރާއްޖެއާއި ލަންކާ ބައްދަލު ކުރާ މެޗުގެ އިތުރު 1000 ޓިކެޓު ވިއްކަން ނިންމައިފި
- މާހިރު މުޙައްމަދު
- Oct 9, 2021
- 1 min read

ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ހަވީރު ރާއްޖެއާއި ލަންކާ ބައްދަލު ކުރާ މެޗުގެ އިތުރު 1000 ޓިކެޓު ވިއްކުމަށް އެފްއޭއެމް އިން ނިންމައިފިއެވެ.
އެފްއޭއެމް އިން މިގޮތަށް ނިންމާފައި މިވަނީ، މިމެޗަށް ގަލޮޅު ދަނޑުން މިއަދު ހެނދުނު ވިއްކި 5000 ޓިކެޓު މަދު ވަގުތު ކޮޅެއް ތެރޭ ހުސްވެ ރައްޔިތުން އެކަމާއި ނުރުހުން ފާޅުކޮށް އަޑު އުފުލާ، އެފްއޭއެމްގެ ރައީސް ގެ އިސްތިއުފާއަށް ގޮވަމުން ދިއުމާއި ގުޅިގެންނެވެ.
އެފްއޭއެމް އިން މީގެ އިރުކޮޅެއް ކުރިން ނެރުނު ބަޔާނެއްގައި ބުނީ، މާދަމާގެ މެޗަށް ވަނުމަށް ގިނަ އަދަދެއްގެ މީހުން އެދެމުންދާތީ އެކަމަށް ހައްލެއް ހޯދުމަށް އެފްއޭއެމުން ނިންމާފައިވާ ކަމަށެވެ. އެގޮތުން ސްޕޮންސަރުންނާއި ފުޓްބޯޅަ ކުލަބްތަކަށް ވިއްކުމަށް ހަމަޖެހިފައިވާ ޓިކެޓްތަކުގެ ތެރެއިން 1000 ޓިކެޓް ސަޕޯޓަރުންނަށް ވިއްކުމަށް އެފްއޭއެމްއިން ވަނީ ނިންމާފައެވެ.
އަދި މި ޓިކެޓުތައް ވިއްކުމަށް ހަމަޖެހިފައިވަނީ، މިރޭ 20:00 ގައި ސޯޝަލް ސެންޓަރުން ކަމަށާއި، ޓިކެޓު ވިއްކާނީ މީހަކަށް ޓިކެޓެއްގެ އުސޫލުން ކަމަށްވެސް އެފްއޭއެމް އިން ވަނީ ބުނެފައެވެ.








Comments