https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗުގެ ޓިކެޓް މާދަމާ ވިއްކަން ފަށާނެ- އެފްއޭއެމް

  • މާހިރު މުޙައްމަދު
  • Oct 11, 2021
  • 1 min read

ރާއްޖޭގައި މިހާރު ކުރިޔަށްދާ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ސާފް ޗެމްޕިއަންޝިޕް 2021 ގެ ގުރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި ރާއްޖެއާއި އިންޑިއާ ބުދަ ދުވަހު ބައްދަލުކުރާ މެޗުގެ ޓިކެޓް މާދަމާ ވިއްކަންފަށާނެ ކަމަށް އެފްއޭއެމުން ބުނެފިއެވެ.


ބުދަ ދުވަަހު ރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗުގެ ޓިކެޓާއި ގުޅިގެން އެފްއޭއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސާފް ޗެމްޕިއަންޝިޕްގައި ބުދަ ދުވަހު ކުޅޭ 2 މެޗުގެ ޓިކެޓްތައް ވިއްކަން ހަމަޖެހިފައިވަނީ މާދަމާ ކަމަށެވެ. ނަމަވެސް މި މެޗުގެ ޓިކެޓް ވިއްކަން ފަށާނެ ތަނަކާއި ގަޑިއެއް އެފްއޭއެމުން ހާމަކޮށްފައެއް ނުވެއެވެ. އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޓިކެޓް ވިއްކާ ގަޑި އާއި ތަން ފަހުން އިއުލާން ކުރެވޭނެ ވާހަކަމަށެވެ.


މިހާރު ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕް ސްޓޭޖުގައި ދެން ބާކީ އޮތީ ދެ މެޗެވެ. އެއީ އިންޑިއާ އާއި ރާއްޖެ ބައްދަލުކުރާ މެޗާއި ނޭޕާލާއި ބަނގްލަދޭޝް ބައްދަލުރާ މެޗެވެ. ލީގު ބުރުގެ ފަހު 2 މެޗު ބުދަ ދުވަހު ކުޅޭއިރު، މި ދެ މެޗުގެ ތެރެއިން ބުދަ ދުވަހު ހަވީރު ކުޅޭނީ ބަންގްލަދޭޝް އާއި ނޭޕާލް ބައްދަލުކުރާ މެޗެވެ. އަދި އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ރާއްޖެ އާއި އިންޑިއާ އެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page