ޤާސިމުގެ ހަޔާތުގެ މައްޗަށް ބިނާކޮށް ބައިނަލްއަޤްވާމީ ފެންވަރުގެ ފިލްމެއް ހަދަނީ
- މާހިރު މުޙައްމަދު
- Oct 15, 2021
- 1 min read

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު އޮނަރަބަލް ޤާސިމް އިބްރާހިމްގެ ހަޔާތުގެ މައްޗަށް ބިނާކޮށް ފިލްމެއް ހަދަން ނިންމަވައިފިއެވެ.
ވީޓީވީގެ ޕްރޮގްރާމެއްގައި އެކަން އިއުލާނުކުރެއްވީ ޖުމްހޫރީ ޕާޓީގެ އޯޑިއޯ/ވީޑިއޯ ސްކޮޑްގެ ކޯ ޗެއަރ އަދި ރާއްޖޭގެ މަޝްހޫރު ފިލްމީތަރި އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) އެވެ. ހުސްވި 2020 ވަނަ އަހަރުން ފެށިގެން ފިލްމާބެހޭ މަޝްވަރާތައް ކުރެއްވެމުންދާކަން ފާހަގަކުރައްވައި ކޮޕީ އިއްސެ ވިދާޅުވީ ޤާސިމްގެ ހަޔާތާއި ބެހޭ ގޮތުން ޢާންމުންނާއި ހަމައަށް ރަނގަޅު އުފެއްދުމެއް ގެނެސްދޭނެ ކަމަށެވެ. ކޮޕީ އިއްސެ ވިދާޅުވީ އެ ފިލްމު ހަދާނީ ބައިނަލްއަޤްވާމީ ފެންވަރުގައި ކަމަށެވެ. ޤާސިމުގެ ހަޔާތަކީ ދަރުސުން ފުރިގެންވާ ހަޔާތެއްކަން ފާހަގަކުރައްވައި ކޮޕީ އިއްސެ ވަނީ ޤާސިމު ކަހަލަ ވަރުގަދަ ޝަޚުޞިއްޔަތެއްގެ ވަނަވަރު ދައްކައިދޭ ފިލްމެއް ކޮންމެހެން ވެސް ލައިބްރަރީގައި އޮންނަންޖެހޭ ކަމަށް ވިދާޅުވެފައެވެ.








Comments