އޮރިޔާމުން އެ ފެންނަނީ އަޅުގަނޑެއް ނޫން އެއީ އެޑިޓުކޮށްގެން ބަޔަކު ހެދި ވީޑިއޯއެއް- ޔާޔާ
- މާހިރު މުޙައްމަދު
- Sep 13, 2021
- 0 min read

އަމިއްލައަށް ބަރަހަނާވެ، ވީޑިއޯ ހަދައި ޓިކްޓޮކްގައި ޢާންމުކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ގ.ކަމަރާގޭ ޢުމުރުން 36 އަހަރުގެ މުޙައްމަދު ނަބީލް (ޔާޔާ) އެކަމަށް އިންކާރުކޮށްފިއެވެ.
އަމިއްލައަށް ބަރަހަނާވެ، ވީޑިއޯ ހަދައި ޢާންމުކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ނަބީލުގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ޢަމުރުކޮށްފައެވެ. ކްރިމިނަލް ކޯޓުގައި ވާހަކަދައްކަމުން ނަބީލް ބުނީ، ސޯޝަލްމީޑިއާގައި ދައުރުވާ ވީޑިއޯއަކީ އޭނާ ހެދި ވީޑިއޯއެއްނޫން ކަމަށާއި، އެއީ އޭނާގެ ވީޑިއޯއެއް ނޫން ކަމަށެވެ. ހަމައެހެންމެ ޓިކްޓޮކަށް ތިން މިނެޓުގެ ވީޑިއޯ ނުލެވޭނެ ކަމަށާއި، އަޕްލޯޑްކުރެވޭނީ 60 ސިކުންތުގެ ވީޑިއޯއެއް ކަމަށެވެ. އަދި އެއީ އޭނާ ބޭޒާރުކުރަންވެގެން އޭނާގެ މޫނު އެޑިޓުކޮށްގެން ހަދާފައިވާ ވީޑިއޯއެއް ކަމަށް ވެސް ނަބީލް ބުންޏެވެ. ނަމަވެސް އަންހެން ހެދުން އަޅައިގެން ޓިކްޓޮކް ވީޑިއޯ އުފައްދާފައިވާނެކަމަށް އޭނާ ބުނެފައިވެއެވެ. އަދި މިހާރު ވަރަށް ބޮޑަށް ބޭޒާރުވެފައިވާ ކަމަށާއި، މަގުމަތީގައި ވެސް ނޫޅެވޭ ކަމަށާއި، އޭނާއަށް މަރުގެ އިންޒާރު ދީފައިވާ ކަމަށެވެ. ޝަރީޢަތުގައި ފުލުހުން ބުނީ ބަރަހަނާވި ވީޑިއޯގައި ނަބީލް ލައިގެންހުރި އަންނައުނު، އޭނާ ދިރިއުޅޭ ކޮޓަރީގެ އަލަމާރީގެ ތެރޭގައި އޮތް ދަބަހަކުން ފެނިފައިވާ ކަމަށެވެ.








Comments