އޮލިމްޕިކްސްގައި ބައިވެރިވާ ރާއްޖޭގެ އެތްލީޓުންނަށް ސަމްސަންގެ ހާއްސަ ހަދިޔާއެއް
- މާހިރު މުޙައްމަދު
- Jul 25, 2021
- 1 min read

ޓޯކިޔޯ އޮލިމްޕިކްސް 2020 ގައި ބައިވެރިވާ ހުރިހާ އެތްލީޓުންނަށް އެ މުބާރާތުގެ އެއް ސްޕޮންސަރ ކަމަށްވާ ސަމްސަންގް އިން ހާއްސަ ހަދިޔާއެއް ދީފިއެވެ.
މިހާރު ކުރިއަށް ދާ އެ މުބާރާތުގެ އެތުލީޓުންނަށް ތައްޔާރުކޮށް ޓޯކިއޯ 2020 އޮލިމްޕިކް ލޯގޯ ޖަހާފައިވާ ސަމްސަންގް ގެލެކްސީ އެސް21 ފޯނު، ސަމްސަންގް ގެލެކްސީ ބަޑްސް ޕްރޯ، އަދި ބަޑްސް ޕްރޯ ކޭސްއަކާއި އެކު އަދި ހަމަ ޓޯކިއޯ 2020 ގެ ލޯގޯ ޖަހާފައިވާ ކޮމެމޮރޭޓިވް ގަލަމެއް ވެސް ހިމެނެއެވެ.

ސަމްސަންގެ އެ ހާއްސަ ހަދިޔާ 17،000 އެތްލީޓުންނަށް އެކުންފުނިން ވަނީ އެ ހަދިޔާ ދީފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ ޒުވާން އެތްލީޓުން ވެސް ހިމެނެއެވެ.
އެ ހަދިޔާ އަކީ، އެތްލީޓުންނަށް ކަމުދާނެ ހަދިޔާއެއް ކަމަށް ގަބޫލު ކުރެވޭ ކަމަށާާާާއި ކޯވިޑް-19ގެ ސަބަބުން ދިމާވެފައިވާ ހިތް ނުތަނަ ވަސް ކަމަށް ކުޑަނަމަ ވެސް ހިތްހަމަ ޖެހުމެއް ގެނުވާނެ ކަމެއް ކަމަށް ގަބޫލު ކުރާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
މި ފަހަރުގެ އޮލިމްޕިކްސްގައި ވާދަ ކުރާ ރާއްޖޭގެ އެތްލީޓުންނަށް ޤައުމަށް އެނބުރި އަންނަ އިރު މެޑަލް އެއް ގެންނަން ނުލިބުނު ނަމަވެސް ރަނގަޅު ފޯނެއް ރާއްޖެއަށް ގެނެވޭނެއެވެ.








Comments