ފިލްމީތަރި ރިޝްމީއަށް ބައިނަލްއަޤުވާމީ އެވޯޑެއް ލިބިއްޖެ
- މާހިރު މުޙައްމަދު
- Sep 16, 2021
- 0 min read

ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ނަން މަޝްހޫރު ބަތަލާ އައިޝަތު ރިޝްމީ ރަމީޒަށް ބައިނަލްއަޤުވާމީ އެވޯޑެއް ލިބިއްޖެއެވެ.
ރިޝްމީއަށް ލިބިފައި ވަނީ ޑރ. ސަރޯޖިނީ ނައިޑޫ ދަ ނައިޓިންގް ގޭލް އޮފް އިންޑިއާ ދި އެވޯޑްސް ފޯ ވޯކިން ވިމެންގެ އޯވެޑެވެ.

އެވޯޑު ލިބުމުން އެކަމުގެ އުފަލުގައި ރިޝްމީ ކުރި ޕޯސްޓެެއްގައި ބުނެފައިވަނީ އެ އެވޯޑު ކާމިޔާބު ކުރުމުގެ ފަހަތުގައި އޭނާގެ ފިރިމީހާގެ އެހީތެރިކަން ވަރަށް ބޮޑު ކަމަށެވެ. އަދި އޭނާ ވަނީ މުހައްމަދު ރަޝީދު (ދަރާ)އަށް ހާއްސަ ޝުކުރެއް ވެސް ރައްދު ކޮށްފައެވެ.

މީގެ ކުރިން ރިޝްމީއަށް ވަނީ ސާކް ފިލްމު ފެސްޓިވަލް އިން އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ވެސް ލިބިފައެވެ.








Comments