https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ވެރިކަމާއި ނުތޮޅި މަޑުން ހުންނެވުން ހުރިހާ ގޮތަކުން ރަނގަޅުވާނެ- ޑރ.އިޔާޟް

  • މާހިރު މުޙައްމަދު
  • Aug 23, 2021
  • 1 min read

ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޟް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ފާޑުވިދާޅުވެއްޖެއެވެ.


ޑރ.އިޔާޟް މިހެން ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ބާރުއެޅުމަށް ރައީސް ނަޝީދާއި، އެ މަނިކުފާނުގެ އަރިސް ބޭފުޅުން އިސްވެ ތިއްބަވައި ޕެޓިޝަނެއްގައި ސޮއިކުރަމުންދާތީ އެކަމަށް ޢިޝާރަތްކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.


ރައީސް ނަޝީދަށް ޓެގްކުރައްވައި ޑރ.އިޔާޟް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ވަކި މީހަކަށް ބޮޑު ވަޒީރުކަން ދިނުމުގެ ބޭނުމުގައި ނިޒާމު ބަދަލުކުރަން އުޅުމަކީ އަމިއްލަ އެދުން ބޮޑުކަމުގެ ހެއްކެއް ކަމަށެވެ. މީގެ އިތުރުން ޑރ.އިޔާޟް ވަނީ، ވެރިކަމާއި ނުތޮޅި މަޑުން ހުންނެވުން ހުރިހާ ގޮތަކުން ވެސް ރަނގަޅުވާނެކަމަށް ވެސް ރައީސް ނަޝީދަށް ދަންނަވާފައެވެ. ޑރ.އިޔާޟް މިހެން ވިދާޅުވިއިރު، ރައީސް ނަޝީދު އިއްޔެ ވަނީ، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އައު ދައުރަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ތެރެއިން އެ މަނިކުފާނު ތާއީދުކުރައްވާނީ ”ބަރުލަމާނީ ނިޒާމަށް“ ތާއީދުކުރާ ކެންޑިޑޭޓުންނަށް ކަމަށް ވިދާޅުވެފައެވެ. ހަމައެހެންމެ މީގެ ކުރިން ރައީސް ޞާލިޙަށް ފޮނުއްވި މެސެއްޖެއްގައި ވެސް ވަނީ ބަރުލަމާނީ ނިޒާމު ގެނައުމުގެ ވާހަކަދައްކަވާފައެވެ. ނަމަވެސް ރައީސް ޞާލިޙް ވިދާޅުވީ ރާއްޖޭގައި އޮންނަންވީ ކޮން ނިޒާމެއްކަން ރައްޔިތުން ވަނީ ކަނޑައަޅާފައި ކަމަށެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page