ނަޞާރާ ދީނުގެ ލިޔުންތައް ރާއްޖެއަށް އެތެރެ ކުރަމުން އަންނީ
- ޙުސައިން އަޙުމަދު

- Jul 7, 2021
- 1 min read

ދިވެހި ބަހަށް ތަރުޖަމާ ކޮށް ނަޞާރާ ދީނުގެ ލިޔުންތަކެއް ރާއްޖެއަށް އެތެރެ ކުރަމުން އަންނަ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.
މިކަމާއި ގުޅިގެން ކަސްޓަމްސް އިން ބުނެފައި ވަނީ، ނަޞާރާ ދީނުގެ މައުލޫމާތު ދިވެހި ބަހުން ލިޔެފައި ހުންނަ ލިޔުންތައް ރާއްޖެއަށް ފޮނުވާފައި ހުންނަނީ ސިޓީ އުރައެއްގައި ކަމަށާއި، ރާއްޖޭގެ ތަފާތު މުވައްސަސާތަކާއި، ވިޔަފާރި ކުންފުނިތަކާއި، އަމިއްލަ ފަރުދުންނަށް އެޑްރެސްކޮށްފައިކަން ފާހަގަ ކުރެވޭ ކަމަށެވެ.
ނަމަވެސް މިކަން މިހާތަނަށް ކަސްޓަމްސް އިން ބެލި ބެލުމުން، އެޑްރެސް ކުރެވިފައިވާ ފަރާތްތަކަށް މިކަމުގެ މައުލުމާތު ލިބިފައި ނުވާކަން ފާހަގަ ކުރެވޭ ކަމަށާއި، މި ލިޔުންތައް ފޮނުވަނީ، އެފަރާތްތަކަށް ނޭނގި ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
ކަސްޓަމްސް އިން މިފަދައިން ބަޔާން ނެރެފައި މިވަނީ، ސެނަހިޔާގެ ނަމުގައި އެތެރެ ކުރަން އުޅުނު ފޮށިގަނޑެއްގެ ތެރެއިން ބައިބަލްގެ ދިވެހި ތަރުޖަމާއެއް ފެނުމާއި ގުޅިގެންނެވެ.
އެއީ އެތަނުގައި މަސައްކަތްކުރާ އިންޑިއާގެ އަސްކަރިއްޔާއަށް ނިސްބަތްވާ ޑޮކްޓަރަކު އެތެރެކުރަން އުޅުނު ތަކެތިކަމަށް ބައެއް މަސްދަރުތަކުން މައުލޫމާތުލިބެއެވެ. ރާއްޖެއަށް ޣައިރު ދީންތަކުގެ މިފަދަ ފޮތްތައް އެތެރެ ކުރުމަކީ ޤާނޫނީ ގޮތުން މަނާކަމެކެވެ.








Comments