https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ނައިބު ރައީސް، ޕެރަލިމްޕިކް ގޭމްސްގައި ވާދަކުރާ އެތުލީޓުންނަށް ހިތްވަރުދީފި

  • މާހިރު މުޙައްމަދު
  • Aug 13, 2021
  • 1 min read

ޖަޕާނުގައި ބާއްވާ ނިންމާފައިވާ ޕެރަލިމްޕިކް ގޭމްސްގައި ރާއްޖެއިން ވާދަކުރާ އެތުލީޓުންނާއި، ރާއްޖޭގެ ޑެލިގޭޝަނުގެ މެންބަރުންނާއި، ޕެރަލިމްޕިކް ކޮމިޓީއާއި ބައްދަލުކުރައްވައި، ނައިބު ރައީސް ފައިޞަލް ނަސީމް، އެތުލީޓުންނަށް ހިތްވަރު ދެއްވައިފިއެވެ.


މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ ޕެރަލިމްޕިކްގައި މާޒިންއާއި ފާޠިމަތު އިބްރާހީމް ވާދަކުރުމަށް ހަމަޖެހިފައި ވަނީ 100 މީޓަރު ސްޕްރިންޓުގައެވެ.


ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ނައިބު ރައީސް ވަނީ މިއީ ޕެރަލިމްޕިކްގައި ރާއްޖެއިން ވާދަކުރާ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި، ޕެރަލިމްޕިކްގައި ރާއްޖޭގެ ފަރާތުން ވާދަކުރުމަށް ފުރުސަތު ލިބިފައިވާ މުޙައްމަދު މާޒިންއާއި، ފާޠިމަތު އިބްރާހީމަށާއި، މުޅި ޑެލިގޭޝަނަށް މަރުހަބާ ވިދާޅުވެ، ޝުކުރު އަދާކުރައްވާފައެވެ.

ހަމައެހެންމެ މާޒިންއާއި ފާޠިމަތު އިބްރާހީމަކީ ވަރަށް އަޒުމާއި، ހިތްވަރާއެކު ކުރިޔަށްދާ 2 އެތުލީޓުންކަން ފާހަގަކުރައްވައި ނައިބު ރައީސް ވަނީ އެ 2 އެތުލީޓުންނަށް ކާމިޔާބީއަށް އެދިވަޑައިގަންވާފައިވެއެވެ.

އެ މުބާރާތުގެ ކުރިން ނައިބު ރައީސް ބައްދަލުކުރައްވައި ހިތްވަރުދެއްވީތީ އެކަން އުފަލާއެކު ފާހަގަކޮށް، މުބާރާތުގައި ކާމިޔާބު ހޯދައި، ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަކީ ވަރަށް ބޮޑު އުންމީދެއްކަން ވެސް ފާހަގަކުރިއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page