https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ނަހީކުރައްވާފައިވާ ކަންކަމަށް އަރައިގަންނަނަމަ، ބަލިމަޑުކަމާއި، ނާމާންކަން ފެތުރޭނެ: ޚުޠުބާ

  • މާހިރު މުޙައްމަދު
  • Aug 20, 2021
  • 1 min read

ނަހީ ކުރައްވާފައިވާ ކަންތައްތަކަށް އަރައިގަންނަނަމަ، ބަލިމަޑުކަމާއި، ނާމާންކަން މުޖުތަމަޢުގައި ފެތުރިގެންދާ ދިއުމުގެ މައްޗަށް މިއަދުގެ ޚުޠުބާގައި އަލިއަޅުއްވައިލައްވައިފިއެވެ.


މިއަދުގެ ޚުޠުބާގައި ވިދާޅުވީ މަތިވެރި ރައްބުގެ އަމުރުފުޅުތަކާއި އެއްގޮތަށް އަމަލުތައް ބަހައްޓާނަމަ، ބަލިތަކާާއި ދުރުވެ، ސަލާމަތްތެރިކަން ލިބޭނެ ކަމަށާއި، ނަމަވެސް ނަހީ ކުރައްވާފައިވާ ކަންތައްތަކަށް އަރައިގަންނަނަމަ، ބަލިމަޑުކަމާއި، ނާމާންކަން މުޖުތަމަޢުގައި ފެތުރިގެންދާނެ ކަމަށެވެ. ޚުޠުބާގައި ވިދާޅުވީ، ދުނިޔޭގައި ފެތުރެމުން އަންނަ ނުރައްކާތެރި ބަލިތަކާއި ވަބާތަކަށް ބަލާއިރު، އެންމެ ނުރައްކާތެރިކަން ބޮޑީ ހަރާމް ގޮތުގައި ހިންގާ ޖިންސީ ގުޅުންތަކުގެ ސަބަބުން ފެތުރޭ ބަލިތައް ކަމަށެވެ. އެއް ޖިންސުން ގުޅުން ހިންގުމާއި، ކައިވެނިން ބޭރުން ހިންގާ ޖިންސީ ގުޅުންތަކުގެތެރެއަށް ބަޔަކު ގެނބިގެން ދިއުމުން ކަމަށެވެ. ޚުޠުބާގައި ވިދާޅުވީ، ޒިނޭ ކުރުމާއި، އެއްޖިންސުން ގުޅުން ހިންގުން މަނާކުރައްވާފައިވަނީ، ފާފަވެރިވުމުގެ އިތުރުން އެ ކަންކަމުގެ ސަބަބުން ދިމާވާ އިޖުތިމާޢީ، އަޙްލާޤީ މައްސަލަތަކާއި، ނުރައްކާތެރި ބަލިތަކާއި ވަބާތަކުން މުޖުތަމަޢު ރައްކާތެރި ކުރުމަށް ކަމަށެވެ. ޚުޠުބާގައި ވަނީ، ޒިނޭ ކުރުމާއި، އެއްޖިންސުން ގުޅުން ހިންގުމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުންފަދަ ނުބައި ސުންޕާ ބަލިތައް މުޖުތަމަޢުގައި ފެތުރެމުންދާކަމީ ހިތާމަހުރިކަމެއް ކަމަށާއި، މިފަދަ ކަންކަމުން މުޖުތަމަޢު ސަލާމަތްކުރަން މަސައްކަތް ކުރުމަކީ މައިބަފައިންނާއި، މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެ ޒިންމާއެއްކަން ހަނދާންކޮށްދެއްވާފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page