ނަބިއްޔާދެކެ ލޯބިވެގެން މެނުވީ، އީމާންކަން ފުރިހަމަނުވާހުށި
- މާހިރު މުޙައްމަދު
- Oct 15, 2021
- 1 min read

ހުރިހައި އެއްޗަކަށްވުރެ ބޮޑަށް ނަބިއްޔާދެކެ ލޯބިވެގެން މެނުވީ، އެ މީހެއްގެ އީމާންކަން ފުރިހަމަނުވާނެކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ޒިކުރު ކުރައްވައިފިއެވެ.
މިއަދުގެ ހުކުރު ޚުޠުބާގައި އަލިއަޅުވައިލައްވާފައިވަނީ ކީރިތި ނަބިއްޔާދެކެ ލޯބިވުމުގެ މައްޗަށެވެ. އެ ގޮތުން ޚުޠުބާގައި ވިދާޅުވީ އެ މީހެއްގެ އަމިއްލަ ނަފުސާއި، މުދަލާއި، އަނބިދަރިންނާއި، މައިންބަފައިންނަށްވުރެ ރަސޫލާދެކެ ލޯބިވެގެން މެނުވީ، އެ މީހެއްގެ އީމާންކަން ފުރިހަމަނުވާނެ ކަމަށެވެ. ޚުޠުބާގައި ވިދާޅުވި ގޮތުގައި ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުމެވެ. އަދި އެކަލޭގެފާނުގެ ސީރަތުން ނަމޫނާ ލިބިގަނެ، އެކަލޭގެފާނެ ދައްކަވައިދެއްވި މާތް އަޚްލާޤުގެ މިންގަނޑަށް ތަބާވުމެވެ. ޚުޠުބާގައި ވިދާޅުވީ ނަބިއްޔާއާއި، ނަބިއްޔާގެ ތެދުމަގަށް ނަފްރަތުކޮށް، ފުރައްސާރަކޮށް، ކުޑައިމީސް ބަސް ބުނާކަމަށްވާނަމަ އީމާންކަމުން އެ މީހަކު ބޭރުވާނެކަމަށް ޢިލްމުވެރިން ވިދާޅުވެފައިވާ ކަމަށެވެ.








Comments