މޫނުގެ ހަންގަނޑު ހަނޑުލުގެ އެހީގައި އޮމާންކޮށް ލެވިދާނެ
- މާހިރު މުޙައްމަދު
- Jul 8, 2021
- 1 min read

ހަންގަނޑުގެ ޒުވާންކަމާއި ރީތިކޮށް ބެހެއްޓުމަށްޓަކައި ބޭނުން ކުރަން އެންމެ ރަނގަޅީ ޤުދުރަތީ ފަރުވާތަކެވެ. ޤުދުރަތީ ފަރުވާތަކުގެ ސަބަބުން ހަންގަނޑަށް މުހިންމު ވިޓަމިންގެ މާއްދާތައް އެންމެ އެދެވޭ ގޮތުގައި ލިބެނީ، ތާޒާ މޭވާ އާއި އެހެނިހެން ޤުދުރަތީ ބާވަތްތަކުނެވެ.
ޒަމާނުއްސުރެ ހަނޑުލަކީ ހަންގަނޑުގެ ފަރުވާޔަށް ޖަޕާނު ގައި ބޭނުން ކުރަމުންދާ ވިޓަމިން ”އީ“ އިން މުއްސަނދި ވެފައިވާ ގޮވާމުގެ ބާވަތެކެވެ. ހަނޑުލުގައި ހިމެނޭ އެ މާއްދާގެ ސަބަބުން ހަންގަނޑު އޮމާންކޮށްދީ ތާޒާކޮށްދެއެވެ. މިކްލެންސަރ ތައްޔާރުކުމަށް ހަނޑުލާއި، ކިރު ބޭނުންކުރުމުން އޭގައި ހިމެނޭ ވިޓަމިން ”އޭ“ އަދި ކެލްޝިއަމް ލިބިއެވެ.
މޫނުގެ ހަންގަނޑު އޮމާންކޮށްދީ ތާޒާކޮށްދިނުމަށް ގޭގައި ތައްޔާރު ކޮށްލެވިދާނެ ފަރުވާއެވެ.
ބޭނުންވާތަކެތި: ¼ ބްރައުން ރައިސް ފުށް 2 ނުވަތަ 3 ސައިސަމުސާ އަންސްވީޓެންޑް ރައިސް މިލްކް (ކެމިކަލް ނުހިމެނޭ)

ބްރައުންރައިސްފުށާއި ރައިސްމިލްކް އެއްކޮށްލުމަށް ފަހު ޕޭސްޓް ތައްޔާރުކޮށްލާށެވެ. އެއަށް މޫނުގައި ފަހު ފިއްސަކުން ވަށްބުރަކަށް ވާގޮތަށް މަސާޖް ވާގޮތައް މަޑުމަޑުން އުނގުޅާށެވެ. އެއަށް ފަހު 10-15 މިނެޓް ބެހެއްޓުމަށް ފަހު ފެންފޮދަކުން މޫނު ދޮވެލާފައި އާންމުކޮށް ބޭނުންކުރަމުންގެންދާ ސްކިންޓޯނަރ އެއް އަދި މޮއިސްޗަރައިޒިންގް ކްރީމްއެއް އުނގުޅާލާށެވެ. މި ފޭސްމާސްކް ބޭނުންކުރުން އެންމެ ރަނގަޅީ ހަފްތާއަކު 2 ދުވަހެވެ.








Comments