https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

މަނީ ހައިސްޓް ސީޒަން 5ގެ ޓްރެއިލާރ ރިލީޒް ކޮށްފި

  • މާހިރު މުޙައްމަދު
  • Aug 3, 2021
  • 1 min read

ގިނަ ބައެއްގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ސީރީސް ”މަނީ ހައިސްޓް“ ގެ ސީޒަން 5 ގެ ޓްރެއިލާ ރިލީޒް ކޮށްފިއެވެ.


90 ސިކުންތުގެ މި ޓްރެއިލާ އަކީ، ސީޒްން 5 ގެ ފުރަތަމަ ބައިގެ ޓްރެއިލާއެވެ. ”މަނީ ހައިސްޓް“ ސީޒަން 5 ނެރުމަށް ހަމަޖެހިފައިވަނީ، 2 ބަޔަކަށް ބަހާލައިގެނެވެ.

ސީޒަން 5 ގެ ފުރަތަމަ ބައިގެ ޓްރެއިލަރ ނެރުނުތާ ކުޑަ ވަގުތުކޮޅެއް ތެރޭ ޔޫޓިއުބް އިން އެކަނި ވެސް ޓްރެއިލަރ ބެލި މީހުންގެ އަދަދު ވަނީ، 2 މިލިއަނަށް ވުރެ ގިނަ މީހުން ބަލާފައެވެ. ސީޒަން 4 ނިންމާފައި ވަނީ ނައިރޯބީގެ މަރާއެކުގައެވެ. ނައިރޯބީގެ މަރާއެކު ހައިސްޓުގައި ހިމެނޭ މެންބަރުން ވަނީ ނައިރޯބީއަށް ޓަކައި ހައިސްޓު ކާމިޔާބު ކުރުމަށް އަޒުމް ކަނޑައަޅާފައެވެ. އަދި ސީޒަން 4 ނިންމާލި އިރު، ޕްރޮފެސަރގެ ލޯބިވެރިޔާ، ކުރީގެ އިންސްޕެކްޓަރ ރިކޭލް ވަނީ ހައިސްޓާ ގުޅިފައެވެ.


މި ސީރީޒް އަކީ ނެޓްފްލިކްސް އިން ދައްކަން ފެށީއްސުރެ އެންމެ ގިނަ އަދަދެއްގެ ބަޔަކު ބަލަމުން އަންނަ ސީރީޒެވެ.


”މަނީ ހައިސްޓް“ ސީޒަން 5 ގެ ފުރަތަމަ ބައި އަންނަ ސެޕްޓެންބަރު މަހުގެ 3 ވަނަ ދުވަހު ނެރެން ހަމަޖެހިފައިވާ އިރު، މި ސީރީޒް 2 ވަނަ ބައި ނެރުމަށް ހަމަޖެހިފައި ވަނީީ ވެސް މި އަހަރުގެ ޑިސެންބަރު މަހުގެ 3 ވަނަ ދުވަހުއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page