މިހާރަށްވުރެ ފަސޭހަކޮށް ޓިކެޓު ލިބޭނެގޮތް ރާވައިދޭނަން- މަހްލޫފް
- މާހިރު މުޙައްމަދު
- Oct 10, 2021
- 1 min read

އުރީދޫ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ މެޗުތަކުގެ ޓިކެޓު ފަސޭހައި ލިބޭނެ އިންތިޒާމެއް ހަމަޖައްސަވައި ދެއްވާނެކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެެއެވެ.
4 މަސްވަންދެން ސަސްޕެންޑްކޮށްފައި ހުންނެވި ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފްގެ ސަސްޕެންޝަން އުވައިލުމުން މިއަދު ވަނީ އޮފީހަށް ނިކުމެވަޑައިގެންފައެވެ. އެކަން ފާހަގަކުރައްވައި މަހްލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިއްޔެ ސަޕޯޓަރުންނަށް ދިމާވި ދަތިއުނދަގުލަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ފުޓުބޯޅަ އެސޯސިއޭޝަނާއި ވާހަކަ ދައްކައިގެން ވީހާވެސް ގިނަ ބަޔަކަށް މިހާރަށްވުރެ ފަސޭހަކޮށް ޓިކެޓު ލިބޭނެގޮތް ކުރިއަށްހުރި މެޗުތަކަށް ރާވައިދޭން މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. ކޮންމެ މެޗަކަށް 5000 ޓިކެޓު ވިއްކަން ހަމަޖެހިފައިވާއިރު، މިއަދު އޮންނަ މެޗުގެ ޓިކެޓު ވިއްކަން ފެށީ އިއްޔެ ހެނދުނުގައެވެ. އޭގެތެރެއިން ޢާންމުނަށް ޚާއްސަކުރި ޓިކެޓުތައް ކުޑަ ވަގުތުކޮޅެއްގެތެރޭގައި ހުސްވުމުން ގިނަ ބަޔަކު ވަނީ ނުރުހުންފާޅުކޮށް، މުޒާހަރާކޮށްފައެވެ. އެފްއޭއެމްއިން ފަހުން ވަނީ ސްޕޮންސަރުންނާއި، ކުޅުންތެރިންގެ ޢާއިލާތަކާއި، ކްލަބްތަކަށް ޚާއްސަކޮށްފައިވާ 2500 ޓިކެޓުގެތެރެއިން 1000 ޓިކެޓް ޢާންމުންނަށް ވިއްކާފައެވެ. ޓިކެޓު ގަތުމަށް އިއްޔެ މެންދުރުން ފެށިގެން ރޭ 20:00 އާއި ހަމައަށް ގިނަ ބަޔަކު ތިބީ ކިޔުގައި ޖެހިގެންކަން ފާހަގަކޮށްލެވެއެވެ.








Comments