https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

މި ތުއްތު ކުއްޖާ ވަނީ ވަރަށް ގިނަ ބައެއްގެ ސަމާލުކަމާއި ލޯބި ހޯދަފަ

  • މާހިރު މުޙައްމަދު
  • Aug 30, 2021
  • 1 min read


ކަނޑުފަޅަަށް ކުނި އެޅުމަކީ ކަނޑުގެ ދިރުންތަކަށް ގެއްލުންވާ ކަމެއްކަން ބުނެ، ކަނޑަށް ކުނި އެޅުމާއި ދެކޮޅަށް ވާހަކަ ދެއްކި މި ތުއްތު ކުއްޖެއްގެ ވީޑިއޯ މީސް މީޑިއާގަަަައި ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.


މީސް މީޑިއާގައި ދައުރުވަމުންދާ މި ވީޑިއޯއިން ފެނިގެން ދަނީ ނާސަރީގައި ކިޔަވަމުން އަންނަ 3 އަހަރުގެ ޒިލް ޒޯމިން ޔަޒީދް މާލޭ ރަސްފަންނު ސަރަހައްދުގައި ހުރެ މޫދަށް ކުނި އަޅައިގެން ނުވާނެ ކަމަށް ބުނަމުންދާ މަންޒަރެވެ. ރުޅި މޫނު ދައްކައިގެން ހުރެ ވާހަކަ ދައްކަމުންދިޔަ ޒިލް ހިތްހަމަ ނުޖެހުން ފާޅުކުރަމުން ދިޔައީ މޫދަށް ކުނި އެޅުމުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ގެއްލުންވާނެ ކަމަށް ބުނެއެވެ.


ކަނޑުފަޅަށް ކުނި އެޅުމަކީ އެކަމުގެ ސަބަބުން ކަނޑުފަޅުގެ ދިރުންތަކަށް ގެއްލުންވާ ކަމެއްކަން އެނގޭ އިރު ވެސް މިކަން ކުރާ މީހުން ގިނައެވެ. ކަނޑުގެ ދިރުންތަކާއި މެދު ވިސްނާއި ތުއްތު ޒިލް ވަނީ ކަނޑުތަކަށް ކުނި އެޅުުމުގެ ސަބަބުން ގެއްލުން ވާކަން އާންމުންނަށް ހަނދާން ކޮށްދީފައެވެ.

"މޫދަށް ކުނި އަޅައިގެން ނުވާނެ. ކުޅި އެޅުމުގެ ސަބަބުން ކަނޑުފަޅުގެ ދިރުންތައް މަރުވެގެން ހިނގައިދާނެ" އިނގިރޭސި ބަހުން ހިތްހަމަ ނުޖެހިފައި ހުރެ ވާހަކަ ދައްކަމުން ޒިލް ބުނީ މިފަދައިންނެވެ.

ޒިލްގެ ބައްޕަ ފޭސްބުކްގައި ޕޯސްޓް ކޮށްފައިވާ އެ ވީޑިއޯ މިހާތަނަށް 7،100 މީހުން ބަލާފައިވާ އިރު، 180 މީހުން ވީޑިއޯ ޝެއާކޮށްފައިވެއެވެ. އެ ވީޑިއޯގައި ޒިލް އިނގިރޭސިބަހުން ވާހަކަ ދައްކަމުން ދިޔަ އިރު ބުނަމުން ދިޔައީ މުހިންމު ވާހަކައެކެވެ. ތުއްތު ކުއްޖަކު އެންމެންނަށް ވެސް ދެމުން ދިޔައީ މުހިންމު މެސެޖެކެވެ.

ކުޑަކުޑަ ޒިލްގެ ސިކުނޑިއަށް މިކަމުގެ ސަބަބުން ކުރިމަތިވެދާނެ ސީރިއަސްކަމާއި، މޫދަށް ކުނި އެޅުމުގެ ސަބަބުން ކަނޑުފަޅުގެ ދިރުންތައް ނެތިގެން ހިނގައިދާނެކަން ވިސްނުނު ނަމަ ވެސް، ބޮޑެތި މީހުންގެ ސިކުނޑިތަކަށް މިއީ މާ ސީރިއަސް ކަމެއްގެ ގޮތުގައި ނަގައިގަނެވިފައިނުުުުުވެއެވެ.


 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page