https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

"ޤައުމީވަންތަ" ޤައުމީ ޖާޒީ ދައްކާލައިފި

  • މާހިރު މުޙައްމަދު
  • Oct 1, 2021
  • 1 min read

މިއަދު މާލޭގައި ފަށައި އުރީދޫ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ޤައުމީ ފުޓްބޯޅަ ޓީމުން ބޭނުން ކުރާ އޮފިޝަލް ޖާޒީ ދައްކާލައިފިއެވެ.


އެފްއޭއެމްއިންމިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޤައުމީ ޓީމުގެ އައު ޖާޒީ ވަނީ ދައްކާލައިފައެވެ. ޤައުމީ ދިދައިގެ ކުލަތަށް ކަމަށްވާ ރަތާއި، ފެހި އަދި ހުދު ކުލައިގެ އިތުރުން ދިދަ ރަމްޒުކޮށްދޭ ޑިޒައިނަކަށް ފަރުމާކޮށްފައިވާ ޖާޒީ ދައްކާލި އިރު، މިފަހަރުގެ ޤައުމީ ފުޓްބޯޅަ ޓީމުގެ އޮފިޝަލް ކިޓް ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ ރާއްޖޭގެ ބްރޭންޑެއް ކަމަށްވާ އައިލެންޑް އެޕެރަލްސްއެވެ.


ރަސްމިއްޔާތުގައި ޤައުމީ ޓީމުން މުބާރާތުގައި ބޭނުން ކުރާނެ 3 ކިޓެއް ވަނީ ދައްކާލައިފައެވެ. އެއީ ޓީމުން ބޭނުން ކުރާނެ 2 ކިޓާއި، ކީޕަރުގެ ޖާޒީއެވެ.


ޤައުމީ ޓީމަށް އެންމެ ފަހުން ކިޓް ފޯރުކޮށްދީފައި ވަނީ ސްޕެއިނުގެ ކެލްމީ އިންނެވެ. އެފްއޭއެމުން ނިންމީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ދިވެހި ވަންތަކޮށް ކުރިއަށް ދިއުމަށް ރާއްޖޭގެ ބްރޭންޑަކާ އެކު ކުރިއަށް ދިއުމަށެވެ. ސާފް ޗެމްޕިއަންޝިޕްގައި ޤައުމީ ފުޓްބޯޅަ ޓީމުން ބޭނުންކުރާ ޖޯޒީގެ ހުރިހާ މަސައްކަތެއް ކޮށްފައި ވަނީ ރާއްޖޭގައެވެ. އައިލެންޑް އެޕަރަލްސް އިން ބުނީ މުބާރާތުގައި ޤައުމީ ޓީމު ބޭނުންކުރާ ޖޯޒީ އަށް ޕްރީއޯޑާ ކުރަން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން އެ ފުރުސަތު ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ. އަދި ޖޯޒީއަށް ޕްރީއޯޑާ ކުރަން ބޭނުންވާ ފަރާތްތަކުން 9721111 އަށް ވައިބާ ކުރުމަށް އައިލެންޑް އެޕެރަލްސް އިން ވަނީ އެދިފައެވެ. ޤައުމީ ޓީމުގެ ޖޯޒީ ޑިޒައިންކޮށްފައި ވަނީ ޢަބްދުﷲ ނަޝާތުއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page