https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

މޭގަންގެ އެނިމިޑޭޓެޑް ފިލްމެއް ނެޓްފްލިކްސްއަށް އަންނަނީ

  • މާހިރު މުޙައްމަދު
  • Jul 15, 2021
  • 1 min read

މޭގަން މާކްލް ޕްރޮޑިއުސް ކުރާ އެނިމޭޓެޑް އެޑްވެންޗާ ސީރީޒެއް ނެޓްފްލިކްއިން ދައްކަން އެއްބަސްވެއްޖެ އެވެ. މޭގަންގެ އާޗްވެލް ޕްރޮޑަކްޝަންސުން ބުނީ އެ ފިލްމަކީ އުމުރުން 12 އަހަރުގެ އަންހެން ކުއްޖެއްގެ ދިރިއުޅުން ދައްކުވައިދޭނެ ފިލްމެއް ކަމަށެވެ.


އިނގިރޭސި ޝާހީ އާއިލާގެ ޒިންމާތަކާ ވަކިވުމަށް ފަހު މޭގަން އާއި ފިރިކަލުން ޕްރިންސް ހެރީ ވަނީ ނެޓްފްލިކްސަށް ކޮންޓެންޓް ޕްރޮޑިއުސް ކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. "ޕާލް" ގެ ނަން ދީފައިވާ އެނިމޭޓެޑް ސީރީޒަކީ އެ އެއްބަސްވުމުގެ ދަށުން އަންނަ ފުރަތަމަ ފިލްމެވެ. މި ފިލްމު އުފައްދަނީ ހެރީ އާއި މޭގަންގެ ކުންފުނި އާޗްވެލް ޕްރޮޑަކްޝަންސުންނެވެ. މިދިޔަ އަހަރު މޭގަން އާއި ހެރީ ވަނީ އިންވިކްޓަސް ގޭމްސްއާ ގުޅޭ ޑޮކިޔުމެންޓްރީ ސީރީޒެއް އުފައްދަން ވެސް ނިންމާފައެވެ.


"ޕާލް"ގެ އެކްޒެކްޓިވް ޕްރޮޑިއުސަރުގެ ގޮތުގައި މޭގަން ހަރަކާތްތެރިވާން ނިންމާފައި ވާއިރު، އިތުރު އެގްޒެކްޓިވް ޕްރޮޑިއުސަރުން ވެސް އުޅޭނެއެވެ. މި އަހަރުގެ ކުރީކޮޅު މޭގަން ވަނީ "ދަ ބެންޗް" ގެ ނަމުގައި ކުޑަކުދިންނަށް ހާއްސަ އިލަސްޓްރޭޓެޑް ފޮތެއް ވެސް ނެރިފަ އެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page