މެޗު ބައްލަވައިލެއްވުމަށް ލަންކާގެ ޔޫތު މިނިސްޓަރު ރާއްޖެއަށް
- މާހިރު މުޙައްމަދު
- Oct 10, 2021
- 1 min read

އުރީދޫ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ރާއްޖެއާއި ސްރީލަންކާ ބައްދަލުކުރާ މެޗު ބައްލަވައިލެއްވުމަށް، ލަންކާގެ ޔޫތު މިނިސްޓަރު ނަމާލް ރާޖަޕަކްސަ މިއަދު ރާއްޖެއަށް ވަޑައިގެންފިއެވެ.
މިއަދު ހެނދުނު ރާއްޖެ ވަޑައިގެންނެވި ނަމާލަށް ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުން މަރުހަބާ ދެންނެވީ ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފެވެ. އުރީދޫ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ރާއްޖެއާއި ސްރީލަންކާ ބައްދަލުކުރާނީ މިއަދު ހަވީރު 16:00 ގައެވެ. މި މެޗު ބައްލަވައިލެއްވުމަށްފަހު ނަމާލް އެނބުރި ޤައުމަށް ފުރާވަޑައިގަންނަވާނީ މިރޭގެ ވަގުތެއްގައެވެ.








Comments