މަޝްހޫރު ދުވުންތެރިޔާ މިލްކާ ސިންގް ނިޔާވެއްޖެ
- Goal mv
- Jun 19, 2021
- 1 min read

އިންޑިއާގެ މަޝްހޫރު އެތުލީޓު މިލްކާ ސިންގް ނިޔާވެއްޖެއެވެ.
ދުވުމުގެ ދާއިރާއިން އިންޑިއާއަަށް ރަންވަނަތަކެއް ހޯދައިދީފައިވާ މިލްޚާ ސިންގް މަރުވި އިރު އޭނާގެ އުމުރަކީ 91 އަހަރެވެ.
މިލްޚާ ސިންގް މަރުވި ހަބަރާއެކު އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ޓްވީޓެއްގައި ވަނީ މިކްޚާ ސިންގަކީ އިންޑިއާގެ އެތައް ރައްޔިތެއްގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ ފަރާތެއް ކަމަށާއި މިލްޚާ ސިންގް ގެ ވަކިވެ ދިއުމަކީ ގައުމަށް ލިބުނު ދެރައެއް ކަމަށެވެ.
މިލްޚާ ސިންގް މަރުވެފައިވާ އިރު މި ފަހުން އިންޑީއާގައި ކޮވިޑުގެ ހާލަތު އިންތިހާއަށް ގޯސްވެގެންދިޔަ އިރު އޭނާއަށް ވެސް ކޮވިޑު ޖެހުނެވެ. އޭނާ ނިޔާވެފައި މި ވަނީ ބަލިން ރަނގަޅުވެ ގެއަށް ބަދަލުކުރި ފަހުންނެވެ.








Comments