އަނެއްކާ ވެސް މަޝްހޫރު ފިލްމީތަރި ދިޕިކާ ހޮލީވުޑްގެ ފިލްމަކަށް
- މާހިރު މުޙައްމަދު
- Sep 1, 2021
- 1 min read

އިންޑީއާގެ މަގުބޫލު ފިލްމީ ތަރި ދިޕިކާ ޕަޑުއޯކަން އޭނާގެ 2 ވަނަ ހޮލީވުޑްގެ ފިލްމުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.
މި ފިލްމުގެ ބަތަލާގެ ރޯލުން ދިޕިކާ ފެނުމުގެ އިތުރުން މިއީ އޭނާގެ ޕްރޮޑަކްޝަން ހައުސް ކާ ޕްރޮޑަކްޝަން އިން ކޯ ޕްރޮޑިއުސް ކުރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ.
މިހާތަނަށް ފިލްމާއި ބެހޭ ގޮތުން މާގިނަ މައުލޫމާތު ތަކެއް އާއްމުކޮށްފައި ނުވި ނަމަވެސް މި ފިލްމަކީ، ލޯބީގެ މަޖާ އެތައް ކަމެއް ފެނިގެންދާނެ ފިލްމެއް ކަމަށް ދިޕިކާ ވަނީ، ބުނެފައެވެ.
ދިޕިކާ ހޮލީވުޑްގެ ފިލްމަކުން އެންމެ ފުރަތަމަ ފެނިގެންދިޔައީ، މީގެ 4 އަހަރު ކުރިން ޓްރިޕަލް އެކްސް: ރިޓަން އޮފް ޒެންޑަރ ކޭޖް އިންނެވެ.








Comments