މަރަށް ބިރުވެތިވެ މާފު ހޯދުމަށް އަވަސްވެ ގަންނާށެވެ!
- މާހިރު މުޙައްމަދު
- Aug 20, 2021
- 1 min read
Updated: Aug 20, 2021

ޙައްޤަކާއި ނުލައި ތިބާއަށް އެއްވެސް މީހަކު ކުށްވެރިކުރެވިފައިވާ ނަމަ، އެއްވެސް މީހެއްގެ ހިތުގައި ޖެއްސިފައިވާ ނަމަ، އެއްވެސް މީހަކަށް އަނިޔާއެއް ގެއްލުމެއް ދެވިފައިވާ ނަމަ އަވަހަށް އެމީހެއްގެ ކިބައިން މާފަށް އެދޭށެވެ!
ހަމައެކަނި ދުރުމީހުންގެ ކިބައަކުން ނޫނެވެ. އަނބިން، ފިރިން، މައިންބަފައިން، ޢާއިލާގެ މީހުން ހިމެނޭ ގޮތަށް އެންމެންގެ ކިބައިންނެވެ.
އެއީ އާހިރަތަށް ތައްޔާރުވުމުގެ ގޮތުން ކޮންމެހެން ވެސް ކުރަންޖެހޭނެ ކަމެކެވެ. ހަމައެއާއެކު ކޮންމެ ވަގުތަކު ވެސް މަރުވެދާނެ ކަމަށް ބިރުވެތިވެގެން ވެސް ކުރަންޖެހޭނެ ކަމެކެވެ.
ބައެއް ފަހަރު މާފަށް އެދުމަކީ ލަދުވެތިކަމެއް ކަމަށް އެބަދެކެވެއެވެ. އެއީ ދެރަވެ ނިކަމެތިވުން ކަމަށް ވެސް އެބަ ދެކެވެއެވެ. އަދި އެގޮތަށް ޤަބޫލުކުރެވި މާފަށް އެދެން އެބަ ފަސްޖެހެވެއެވެ. އެގޮތަށް ފަސް ޖެހެވެނީ ޝައިޠޯނާ އެކަމަށް ބާރުއަޅާތީއެވެ. އަދި ޝައިޠޯނާ އެގޮތަށް ބާރުއަޅަނީ ތިބާ ދުނިޔޭގައި ހުރެ މާފަށް އެދިއްޖެ ނަމަ ތިބާއަށް ޤިޔާމަތް ދުވަހު އެކަންކަމުން ސަލާމަތްވެވޭނެތީ އެ ފުރުޞަތު ދިނަނުދިނުމަށެވެ.
އަދި ކީއްހެއްޔެވެ؟ މީހަކަށް ކިތަންމެ ގިނަ ރަނގަޅު ކަންތައްތަކެއް ކޮށްދެވިފައިވާ އިރު އެ މީހަކަށް ނުބައި އެންމެ ކަމެއް ކުރެވި ނުބައި އެންމެ ބަހެއް ބުނެވިފައިވީ ނަމަވެސް މާފަށް ނު އެދި ނުހުންނާށެވެ! ތިބާގެ ހެޔޮކަމުގެ ފަތް ތިބާގެކޮޅަށް ބުރަކަން ބޮޑުވާނީ އެ އިރުންނެވެ!
އަހަރެންގެ ނަޞޭޙަތަކީ އެއްވެސް މީހެއްގެ ކިބައިން މާފަށް އެދުން މާފަށް އެދުން މާދަމައަށް ވެސް ލަސް ނުކުރުމެވެ. މަރުވާނެ ވަގުތު ނު އެނގޭތީއެވެ!








Comments