މާލެގެ މިސްކިތްތަކުގައި އީދު ނަމާދު ކުރާނެ- މިނިސްޓުރީ
- ޙުސައިން އަޙުމަދު

- Jul 19, 2021
- 1 min read

މި އަހަރުގެ އަލްހާ އީދު ނަމާދު މާލެ ސަރަހައްދުގެ 39 މިސްކިތެއްގައި ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
ރާއްޖޭގައި ކޯވިޑް-19 ފެތުރެމުންދާތީ މި އަހަރުގެ އަލްހާ އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުކުރުމަށް އެ މިނިސްޓްރީން ވަނީ ނިންމައިފައެވެ. ނަމަވެސް ކޯވިޑް-19ގެ ހާލަތުގައި ވެސް އީދު ނަމާދު މިސްކިތްތަކުގައި ކުރާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
ކޯވިޑު ފެތުރިފައި ނެތް ރަށްރަށުގައި އީދު ނަމާދުގެ ބޮޑު ޖަމާއަތް ބާއްވަން އެދެފިނަމަ އެ ހުއްދައެއް ދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފައެވެ.
މާލެ ސަރަހައްދުގައި ކޯވިޑްގެ އިންތިހާއަށް އިތުރުވުމާއި ގުޅިގެން މެއި މަހުގެ 26 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީން ވަނީ މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން އަންގައިފައެވެ. ނަމަވެސް މިދިޔަ ޖޫން މަހު ދިން ލުއިތަކާއެކު ޖަމާއަތުގައި ނަމާދު ކުރުމަށް ހުއްދަ މިހާރު ވަނީ ދީފައެވެ.








Comments