މާާލެއާއި، ހުޅުމާލޭގެ ބައެއް މިސްކިތްތަކުގައި ހުކުރުނަމާދު މިއަދު ކޮށްފި
- Goal mv
- Jun 25, 2021
- 1 min read

މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މަނާކޮށްފައިވާއިރު، މާާލެއާއި، ހުޅުމާލޭގެ ބައެއް މިސްކިތްތަކުގައި މިއަދު ހުކުރުނަމާދު ކޮށްފިއެވެ.
މާލޭގެ ފުރުޤާން މިސްކިތާއި، ހުޅުމާލޭގެ މަސްޖިދުލް ޢުމަރު ބިން ޚައްޠާބުގައްޔާއި، އޭގެ އިތުރުން ވެސް ބައެއް މިސްކިތްތަކުގައި ހުކުރު ނަމާދުކޮށްފައިވެއެވެ. ހަމައެހެންމެ ހުކުރު ނަމާދުގައި ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ.
ނަމަވެސް ފުލުހުން އެކަން ހުއްޓުވައިފައެއް ނުވެއެވެ. ހަމައެހެންމެ އެކަމާގުޅޭ ގޮތުން ފުލުހުންނާއި، އިސްލާމިކް މިނިސްޓްރީގެ ބަހެއް ވެސް އަދި ނުލިބެއެވެ. ކޮވިޑާއި ގުޅިގެން މާލޭ ސަރަހައްދުގެ މިސްކިތުގައި ޖަމާޢަތް ހެދުން މެދުކަނޑައިލީ މެއިމަހުގެ 19 ވަނަ ދުވަހުގައެވެ. ނަމަވެސް ބައެއް ފަރާތްތަކުން އެ އެންގުތަކަށް ތަބާނުވެ، ބައެއް މިސްކިތްތަކުގައި ގައިދުރުކަމެއްނެތި ޖަމާޢަތް ހަދަމުންދާކަމަށް ބުނެ، މި މަހުގެ 26 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީން ވަނީ މިސްކިތްތައް ބަންދުކޮށްފައެވެ. ފާޑު ކިޔުންތައް އަމާޒުވުމުން މި މަހުގެ 01 ވަނަ ދުވަހު ވަނީ މިސްކިތަށް ގޮސް ޖަމާޢަތް ނުހަދައި، އެކަނި ނަމާދުކުރުމުގެ ހުއްދަދީފައެވެ.








Comments