މަހުލޫފްގެ ދަރިކަނބަލުން އެލީގެ "ޑާންސް މަންކީ"ގެ ވީޑިއޯގައި ކުޑަކުދިންނާއި ނުގުޅޭ މަޒަރުތަކެއް
- މާހިރު މުޙައްމަދު
- Sep 1, 2021
- 1 min read

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) ގެ ދަރިކަނބަލުން، ލައިބާ އަހުމަދު މަހްލޫފް (އެލީ)ގެ ގެ އަޑުން ކިޔައިފައިވ،ާ ޓޯންސް އެންޑް އައިގެ މަޝްހޫރު އިނގިރޭސި ލަވަ "ޑާންސް މަންކީ" ގެ ކަވާ ވާޝަން ރިލީޒްކޮށްފިއެވެ.
"ޑާންސް މަންކީ"ގެ ކަވާ ވާޝަންގެ ވީޑިއޯ ލަވަ ޔޫޓިއުބްގައި ރިލީޒްކޮށްފައިވާއިރު، އެލީ ބުނީ ލަވަ ރިލީޒްކުރެވުމުން ވަރަށް އުފާވާކަމަށެވެ. އެލީ މިފަހަރުގެ ގެނެސްދިން "ޑާންސް މަންކީ"ގެ ކަވާ ވާޝަންއަކީ އޭނަގެ ފުރަތަމަ އިނގިރޭސި ކަވާ ލަވައެވެ.
އެލީގެ އަޑުން ކީ ފުރަތަމަ އިނގިރޭސި ލަވައިގެ ކަވާ ވާޝަން އަޑުއަހާލަން ވަރަށްވެސް ހިތްގައިމެވެ. އެ ލަވައިން އެލީއަށް އިނގިރޭސި ލަވަތައް ވެސް ކިޔިދާނެކަން އޭނާ މިވަނީ ސާބިތުކޮށްދީފަައެވެ.
އެ ލަވައިގެ ވީޑިއޯގެ ބޮޑު ބައި ހުޅުމާލެ ސްކޭޓް ޕާކުގެ ޝޫޓްކޮށްފައިވާއިރު، ވިލިގިނލީގެ ހިތްގައިމު ދޮންވެލި ބީޗުގައިވެސް ބައެއް މަންޒަރުތައް ވަނީ ނަގައިފައެވެ. މި ލަވައިގެ ސިނަމޮޓަގްރަފީ އަދި ޕޯސްޓް ޕްރޮޑަކްްޝަންގެ މަސައްކަތް ކޮށްފައި ވަނީ ލައިޓްސްއައުޓް ޕްރޮޑަކްޝަނުންނެވެ.
އެ ލަވައިން އެލީގެ ނެށުމުގެ ހުނަރު ވެސް ފެނިގެންދާ އިރު، އެ ވީޑިއޯގައި އެލީއާއެކު ފެނިގެންދިޔަ ޑާންސް ގްރޫޕްގެ މަސައްކަތް ވެސް ވަރަށް ފުރިހަމައެވެ. މި ލަވައިގެ ޑާންސް ގްރޫޕްގައި ރާއްޖޭގެ މަޝްހޫރު މޮޑެލް ދީނާ އާއި އަދި ޓިކްޓޮކް ތަރި ލާކް ވެސް ފެނިގެންދިޔަކަން ފާހަގަކޮށްލެވެއެވެ.
އަދި ހަމަ އެހެންމެ ޑާންސް ގްރޫޕްގެ ހެދުން އެޅުން ކުޑަކުދިންގެ ލަވައެއްގައި ހެދުން އެޅުމާާއި ވަރަށް ބޮޑަަަަށް ވެސް ތަފާތެވެ. ޑާންސް ގްރޫޕުުުުން އެލީގެ އެ ލަވައަށް ނަށަމުންދާާާާާާ އިރު ބައެއް އަންހެން ޑާންސަަަަަަަަރުންގެ އައުރަ (ބަނޑު) ފެންނިގެންދާކަން ހިތާމައާއެކު ފާހަގަކުރަމެވެ.

ހަމަގައިމު ވެސް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫ ފަދަ ބޭފުޅަކު ލަވައެއްގެ ވީޑިޔޯއެއް ހައްދަވާ އިރު މިފަދަ ކަންކަމަށް ވިސްނާލުން މުހިންމުކަމަށް ދެކެމެވެ. މިކަމުގެ ސަބަބަބުން ނުކުމެދާނެ ނަތީޖާއަކާއި މެދު މިނިސްޓަރު އަހުމަދު މަހުލޫ ވިސްނާލުން މުހިންމެވެ.
މިއީ ރާއްޖޭގެ މަޝްހޫރު މިއުޒީޝަން ބާޗީ އާއެކު އެލީ ކޮށްފައިވާ ހިތްގައިމު އެ މަސައްކަތަކެވެ. ލަވައިގެ ރެކޯޑިން، މިކްސިން، އަދި މާސްޓަރިން ހަދައިފައި ވަނީ ބާޗީއެވެ.








Comments