https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

މަގުމަތީގައި އިށީދެ އިދެ ޝިފާ ބާރަށް ރޯ މަންޒަރު ފެންނަ ވީޑިއޯގެ ހަގީގަތް މި އޮތީ..

  • މާހިރު މުޙައްމަދު
  • Aug 16, 2021
  • 1 min read

ޓިކްޓޮކްގެ ތެރެއިން ފިލްމީ ބޮޑެތި ޑައިރެކްޓަރުންގެ ކަޅިތައް އަމާޒުވި ޅ. ނައިފަރަށް އުފަން މަރިޔަމް ޝިފާއަކީ ބޮޑު ފޭން ބޭސްއެއް އޮންނަ ސެލެބްރިޓީއަކަށްވާ އިރު، އޭނާއާއި ގުޅޭ ކޮންމެ ކަމަކަށް ފޭނުންނާއި އާއްމުން ނުހަނު ބޮޑަށް ބަލައެވެ. ޝިފާއާއި ގުޅޭ ދެތިން ވީޑިއޯއެއް އާއްމުވެގެން ދިޔަ އިރު، އާއްމުންގެ ފަރާތުން ވަރަށް ބޮޑެތި ފާޑުކިޔުންތަކާއި ސުވާލުތައްވެސް ޝިފާއަށް އަމާޒުވެގެން ދިޔައެވެ. ޝިފާގެ ވީޑިއޯތަކުގެ ތެރެއިން އެންމެ ބޮޑަށް ވައިރަލް ވެގެންދިޔަ އެއްވީޑިއޯއަކީ މާލޭ މަގުމަތީގައި އިށީދެ އިދެ ވަރަށް ބާރަށް ރޯ މަންޒަރު ފެންނަ ވީޑިއެވެ. އެ ވީޑިއޯއާއި ގުޅިގެން އެކި ގޮތްގޮތައް އެކި ވާހަކަތައް ދެކެވުނު އިރު، ޓީވީ ޕްރޮގްރާމެއްގައި ޝިފާއަށް އާއްމުންގެ މީހަކު ވަނީ އެ ވީޑިއޯއާއި ބެހޭގޮތުން ސުވާލުކޮށްފައެވެ. އެކަމަށް ޖަވާބުދެމުން ޝިފާ ބުނީ މި ފަހުން ވައިރަލްވި 2 ވީޑިއޯއަކީ އޭނާގެ ދިރިއުޅުމުގައި މި ފަހުން ދިމާވި ކަމެއްގެ ސަބަބުން ވަަރަށް ބޮޑަށް "މީހާ ގޯހުން ގޮސްފައިވަނިކޮށް" އާއްމުވި ދެވީޑިއޯ ކަމަށެވެ. "އެއީ އޭރު ދިމާވި ވަރަށް ބޮޑު ކަމެއްގެ ސަބަބުން، ވަރަށް ބޮޑަށް މީހާ ގޯހުން ގޯހަށް ކަންތައްތައް ބޮއްސުންލާފައި އޮއްވާ ނިކުން 2 ވީޑިއޯ" ޝިފާ ބުނެފައިވެއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page