ލަންކާގެ ޔޫތު މިނިސްޓަރު ދިވެހި ސަޕޯޓަރުން ނެގި ފޯރި ފެނުމުން އަޖާއިބުވެއްޖެ
- މާހިރު މުޙައްމަދު
- Oct 11, 2021
- 1 min read

އުރީދޫ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ސްރީލަންކާއާއި ރާއްޖެ ކުޅުނު މެޗު ބަލަން ގަލޮޅު ދަނޑަށް ދިޔަ ދިވެހި ސަޕޯޓަރުންގެ ގިނަކަމާއި، އެ ސަޕޯޓަރުން ނެގި ފޯރި ފެނިވަޑައިތުމުން އަޖައިބުވެވަޑައިގެންފިކަމަށް ލަންކާގެ ޔޫތު މިނިސްޓަރު ނަމާލް ރާޖް ޕަކްސަ ވިދާޅުވެއްޖެއެވެ.
އިއްޔެ ހަވީރު ކުޅުނު މެޗު ބަލަން ދިވެހިންގެ ގިނަ ބަޔަކު ދިޔައެވެ. މުޅި ދަނޑުން ފެންނަނީ ދިވެހިންގެ “ރަތްކުލަ“ އެވެ.
ރޭގެ ވަގުތެއްގައި ދިވެހިބަހުން ނަމާލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ލަންކާއާއި ރާއްޖެއާއި ދެމެދު ކުޅެވުނީ ސާފް ޗެމްޕިއަންޝިޕްގެ މޮޅު މެޗެއް ކަމަށެވެ. ހަމައެހެންމެ ފެނިވަޑައިގަތީ ފޯރިގަދަ މާހައުލެއް ކަމަށެވެ.
”ކުޅިބަލަންދިޔަ މީހުން ގިނަކަމުންނާއި، ދިވެހި ޓީމުގެ ސަޕޯޓަރުންގެ ފޯރި ފެނިފަ އަޖާއިބުވި.“ ނަމާލް ވިދާޅުވިއެވެ.

ނަމާލްގެ ޓުވީޓުގައި ވަނީ މެޗު ބަލަންދިޔަ ލަންކާގެ ސަޕޯޓަރުންނަށް ޝުކުރު އަދާކުރައްވައިފައެވެ. އިއްޔެގެ މެޗުން ރާއްޖެ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ 06 ވަނަ މިނެޓުތެރޭގައި ލަންކާ ކޮޅަށް ލަނޑުޖެހީ ޢަލީ އަޝްފާޤު (ދަނގަޑޭ) އެވެ.
ސާފް ޗެމްޕިއަންޝިޕްގައި ލަންކާއާއި ރާއްޖެ ކުޅުނު މެޗު ބައްލަވަން ލަންކާގެ ނުފޫޒުގަދަ މިނިސްޓަރު ނަމާލް ރާއްޖެ ވަޑައިގަތީ އިއްޔެ ހެނދުނުގައެވެ.








Comments